ޓެރަރިޒަމްގެ ޤާނޫނަށް އިސްލާހު ގެނައުމަށް މާދަމާ ދައުރުން ބޭރުން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މި ޖަލްސާ މާދަމާ ހެނދުނު 10:00 ގައި އޮންނާނެކަމަށެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހަޅާފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޝަހީމް އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުން 2015 ވަނަ އަހަރުގައި ފާސްކޮށްފައިވާ ގާނޫނެކެވެ.
މި ގާނޫނަށް އިސްލާހު ގެންނަންޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވަނީ މިމަހުގެ 9 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.
މީގެ އިތުރުން އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވެސް ވަނީ މި ޖަލްސާ އޮންނާނެކަމަށް ވިދާޅުވެ ޓުވީޓް ކުރައްވާފައެވެ.

