ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެދޮރުވެރިޔާ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް: 2416 އެއްވަސްވުންތަކުގައި ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4000 ފުލެޓު ހަވާލުކުރުމުގެ މަޝްރޫޢުގައި މިހާތަނަށް 2000އަށް ވުރެ ގިނަ އެއްބަސްވުންތަކުގައި ސޮއިކޮށްފިކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ބުނެފިއެވެ.

އެފްޑީސީން ދެއްވި މައުލޫމާތުގައިވާ ގޮތުން، އެފްޑީސީން ތަރައްގީކުރާ 4000 ހައުސިންގ ޔުނިޓުތައް ދޫކުރުމަށްޓަކައި، އެއްބަސްވުންތަކުގައި ސޮއިކުރަން ފެށިތާ، 27 ދުވަސް ވެފައިވާއިރު، މި މުއްދަތުގެ ތެރޭގައި، 2416 އެއްބަސްވުންތަކުގައި ސޮއިކުރެވިއްޖެކަމަށެވެ. އަދި، މިހާތަނަށް ތާވަލުކުރެވުނު އެއްބަސްވުންތަކުގެ އަދަދަކީ، 3،005 ކަމަށް އެފްޑީސީން ބުނިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ޚާއްސަކުރެވިފައިވާ ސަރަޙައްދެއްގައި، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ޕްރޮސެސްގައި، ފަހި ޕޯޓަލް މެދުވެރިކޮށް ބޭނުންވާ ލިޔެކިޔުންތައް އަޕްލޯޑްކުރުމަށްފަހު، އެޕޮއިންޓްމަންޓް ގަޑި ކަނޑައެޅިގެންދާނެ ކަމަށް އެފްޑީސީން ބުނެފައިވެއެވެ. މި ލިޔެކިޔުންތަކަކީ ސައްޙަ އަދި ސާފުކޮށް ކިޔަން އެނގޭ ލިޔެކިޔުންތަކަކަށް ވާންޖެހޭނެއެވެ.

މަޝްރޫޢުގެ މަސައްކަތްތަކުގެ ޕްރޮގްރެސްއާ ގުޅޭގޮތުން އެފްޑީސީން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، ދޯދި ޓަވަރު އަދި އުދަރެސް ޓަވަރު ތަކުގެ ސްޓްރަކްޗަރަލް މަސައްކަތްތައް ވަނީ ފުރިހަމަކުރެވިފައެވެ. އުދަރެސް ޓަވަރުތަކުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ދޯދި ޓަވަރުތަކުގެ 86 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.

އެފްޑީސީން އިތުރަށް ފާހަގަކުރިގޮތުގައި، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޔުނިޓުތަކުގެ މަސައްކަތް ނިމި، ހަވާލުކުރުމަށް ތައްޔާރުވެފައިވާ ޓަވަރުތަކަށް އިސްކަންދީގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: