ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން އުޅެނީ ކޮންމެ ސަރަހައްދަކަށް އަތޮޅުވެރިޔަކު ހަމަޖެއްސުމަށް: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަތޮޅު ކައުންސިލުތައް އުވާލުމަށްފަހު ސަރުކާރުން މަސައްކަތްކުރަމުންދަނީ ކޮންމެ ސަރަހައްދަކަށް އަތޮޅުވެރިޔަކު ކަނޑައެޅުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި އެއްވުމެއްގައި ވާހަކަދައްކަވަމުން މެމްބަރު މައުރޫފް ވިދާޅުވީ، އެ ޕާޓީން އެންމެ ފުރަތަމަ މަގުމައްޗަށް ނިކުންނަން ޖެހުނީ ނުކުތީ ގާނޫނުއަސާސީ ފުނޑާލުމުންކަމަށެވެ. އަދި އެއަށްފަހު އެމްޑީޕީން ނުކުތީ ރައްޔިތުންގެ މަޖިލީސް ހިސޯރުކުރުމަށްފަހު ސަރުކާރުގެ ބާރުގެ ދަށުން ހިންގާ ތަނަކަށް ހެދުމުންކަމަށާއި އަދިވެސް އެވާހަކަތައް ތަކުރާރުކޮށް ދައްކަން ޖެހިފައިވާކަމަށް މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ، ސަރުކާރުން ވަނީ އެ އަމަލުތައް ހިންގުމަށްފަހު މުޅި ޝަރުއީ ނިޒާމު ފުނޑުފުނޑުކޮށްލާފައިކަމަށާއި މިއީ ކަން އޮތްގޮތުގެ ހަގީގަތްކަމަށެވެ. މެމްބަރު އިތުރަށް ވިދާޅުވީ، ޝަރުއީ ނިޒާމަށް ފަހު ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކެއް ނެތިކޮށްލައި، ދިވެހި ރައްޔިތުން ބަނޑަށް ޖެއްސުމަށް ފަހު ކަރަންޓު ބިލު އިންތިހާއަށް ބޮޑުކޮށްފައި ކަމަށެވެ.

މައުރޫފް ވިދާޅުވީ، ރައްޔިތުން ތިބީ މަގުމަތިވާ ހާލަތުގައިކަމަށާއި ރަށްތަކުގެ ރައްޔިތުން ތިބީ ބިކަވެފައިވާ ހާލުގައިކަމަށެވެ. އަދި ބައެއް މީޑިއާތަކުން ގެނެސްދޭ ޕްރޮގްރާމްތަކުން ވެސް މި ހަގީގަތް ސާފުކޮށް ފެނިގެންދާއިރު، ހުރިހާ ރައްޔިތުން ވެސް އެއްބަސް ބުނެ، މި ވެރިކަން ބަދަލުކުރަން ނުކުންނަންޖެހެނީ މިފަދަ ސަބަބުތަކާއި ހުރެކަމަށް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ، ވަޑައިގަންނަވާ ކޮންމެ ތަނެއްގައިވެސް ރައީސްގެ ފަރާތުން ރީތި ވާހަކަތަކެއް އިވިގެންދާކަމަށެވެ. އެގޮތުން ރާއްޖެ ލާމަރުކަޒީ އުސޫލުން ބާރުވެރި ކުރާ ވާހަކަ ދެއްކެވުމަށް ފަހު ރައްޔިތުން އެ ނިޒާމު ބަލައިގަނެފައިވަނިކޮށް ފުނޑުފުނޑުކޮށްލެއްވިކަމަށް ވިދާޅުވި އެވެ. އަދި ގުދުރަތީގޮތުން ބެހިފައިވާ އަތޮޅުގެ ނިޒާމަށް ވެސް ސަރުކާރުން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާކަމަށާއި އަތޮޅު ކައުންސިލުތައް އުވާލުމަށްފަހު ކޮޮންމެ ސަރަހައްދަކަށް އަތޮޅު ވެރިޔަކު ލުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: