ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ސިޔާސީ ގޮތުން އޭރުގެ ވެެރިކަމާއި ދެކޮޅަށް ބަހެއް ބުނިއްޔާ ބުނިހާ ބަޔަކު އެދުވަސްވަރު ތިއްބެވީ ޖަލުގައި ކަމަށް މިނިސްޓްރީ އޮފް އިންފޮމެޝަން ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ އަދި ޖުމްހުރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސާލިހް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ހަބަރަށް ފަހު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ، ކުރީގެ ރައީސް ޔާމީން އޭރުގައި އިދިކޮޅުގައި ތިއްބެވި ހުރިހާ ސިޔާސީ ލީޑަަރުން ކަހަލަ ގޮތަަކަށް ހައްޔަރުކޮށް ޖަލަށް ލެއްވި ކަމަށާއި އަދި ރައީސް ޔާމީންގެ އަނިޔާވެރިކަމުން ޖަލަށްލީ ލީޑަރުން ސަލާމަތްކުރެއްވުމަށް ޖުމްހުރީ ޕާޓީން ވަނީ ވަރަށް ގިނަ މަސަައްކަތްތަކެއް ކުރައްވާފައި ކަމަށެވެ.
އެބޭފުޅުން ރެއާއި ދުވާލު މަގުމަތީގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށްވެސް އަލީ ސާލިހް ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް އިންފޮރމޭޝަން ޓެކްނޮލޮޖީގެ މަަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، އަލީ ސާލިހް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމަށް ވަޑައިގަންނަވާ އުފެއްދެވި އެންމެ މުހިންމު އަދި އެންމެ ބޭނުންތެރި އެއް މިނިސްޓްރީ އަކީ އިންފޮރމޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ ކަމަށެެވެ.
ކޮންމެ ރައްޔިތަަކަށްވެސް އެ ރައްޔިތަކު ހުރި ހިސާބެއްގައި ހުރެެގެން ހުރިހާ ހިދުމަތްތަކެއް ލިބޭނެ އިންތިޒާމުތައް ގާއިމު ކުރުމަކީ އެ މިނިސްޓްރީ އެންމެ މުހިންމު އެއް އަމާޒު ކަަމަށް އަލީ ސާލިހު ވިދާޅުވިއެވެ.
ސަރުކާރުގެ އެއް އިދާރާއިން އަނެއް އިދާރާއަށް ސިޓީ ބިޓީ ފޮނުވުމަށް ހާއްސަކޮށްފައިވާ ޕޯޓަލް ކަމަށްވާ ޖެމްސްއަކީ ވަރަށް ކުރީގެ ގޮތްތަކެއްގެ މައްޗަށް އުފައްދާފައިވާ ސޮފްޓްވެއާއެއް ކަމަށާއި ރައީސް ސާލިހް ވެރިކަމަށް އައިސް ޖެމްސްގެ އާ ވާޝަނެއް އުފެއްދުމުގެ މަަސައްކަތް ވަރަށް އިސްކަމެެއް ދީގެ ކުރަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެންސީއައިޓީއަކީ އައިއޯއެސް ސެޓިފައިޑް ތަނެއް ކަން ފާހަގަކުރައްވައި އަލީ ސާލިހު ވިދާޅުވީ ތަނުގެ ހާލަތު ރަނގަޅަށް ބަލައި ދިރާސާކުރުމުން އެނގުނީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އައިއޯއެސް ސެޓިފިކޭޝަން އުވިގެން ގޮސްފައިވާ ކަމަށެވެ.
އެހެން ދިމާވީ އެތަނުގައި ހިންގުމާއި ސެކިރިއުޓީ ރަނގަޅަށް ނުބެލެހެއްޓުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
https://www.facebook.com/SanguTelevision/videos/926996954318257/

