ބިދޭސީންގެ މައްސަލައަށް ރައްޔިތުން ބޭނުންވަނީ ހައްލެއް ކަމަށް އަށާރަވަނަަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ހުޅުހެންވޭރު ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި މޫސާ މަނިކް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ސަރުކާރުގެ އަޒްމު ވަރަށް ވަރުގަދަ ކަމަށެވެ. އެގޮތުން ރީކޯ ވިދާޅުވީ އެކަކު ބުނީ ދައްކާހާ ބިރަކަށް ފަސްނުޖެހޭނެ ކަމަށާއި އަނެކަކު ބުނީ ބިދޭސީންގެ ،މައްސަލައަށް ހައްލެއް ނުގެނެވިއްޖެނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ކަމަށެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލަރު އަހްމަދު ހުސައިން (ހަނަފީ) ވިދާޅުވީ ދައްކާ ބިރަކަށް އަދި ނުފޫޒެއްގެ ދަށުނުވެ ބިދޭސީންގެ މައްސަލަ އަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށެވެ. ރީކޯ މޫސާގެ ޓްވީޓްގައި އިޝާރަތްކޮސްފައިވަނީ ހަނަފީގެ އެ ބަސްފުޅަށެވެ.
ރިކޯ މޫސާ ބިދޭސީންގެ މައްސަލައަށް ހައްލެއް ނުގެނެވިއްޖެނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ސަރުކާރުގެ ބޭފުޅަކު ވިދާޅުވިކަމަށް ފާހަގަކުރައްވައި އެ ރައްދު ކޮށްފައިވަނީ އެވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އަށެވެ.
https://twitter.com/ReekoMoosa/status/1174514717533954049
އެގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ބިދޭސީންގެ މައްސަލަ ހައްލު ނުކުރެވިއްޖެ ނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ބިދޭސީން ގާނޫނުގެ އިމުގެ ތެރެއަށް ވެއްދުމަށް ފެށި ’ރެގިއުލަރަޒޭޝަން ޕްރޮގްރާމް‘ މައުލޫމާތު ދިނުމަށް ސިވިލް ސާވިސް ކޮމިޝަން ބިލްޑިންގްގައި ހުންނަ އިކޮނަމިކް މިނިސްޓްރީގެ ލޭބާ ޑިޕާޓްމެންޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ރީކޯ މޫސާ އިތުރަށް ކުރެއްވި ޓުވީޓްގައި ވިދާޅުވީ، ގައުމު މިހާ ހިސާބަށް ގެނައީ ދިވެހިންގެ ބުރަ މަސަައްކަތުން ކަމަށާއި، އަދި އަދު ރާއްޖޭގައި ބޭރުގެ ބޮޑެތި ކުންފުނިތައް ވިޔަފާރިތައް ފުޅާކޮށް ގިނަ އަދަަދަކަށް ބިދެސީން ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާއިރު، ކުދި އަދި އާދައިގެ ދިވެހި ވިޔަފާރިވެރިން އަދި މަސައްކަތްތެރިންނާއި މެދު ވިސްނަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
https://twitter.com/ReekoMoosa/status/1174530021743943683

