ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފާނުގެ ހާދިސާގައި މީހުން ހުސްކުރި ގެޔަކުން ބޮޑު ވައްކަމެއް

ރޭގައި ހިނގި އަލިފަނުގެ ނހާދިސާގެ ތެރެއިން.. ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހ.ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ރޯވެ ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެތާ ކައިރި ހުރި ގޭގެއިން މީހުން ހުސްކޮށްފައިވަނިކޮށް ގެޔަށް ވަގުން ވަދެ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ މީހުން ހުސްކުރި ގެއެއްގެ ހަތްވަނަ ފަންގިފިލާއިން 700 ޔޫއެސް ޑޮލަރަކާއި އައިވޮޗަކާއި އިއާޕެޑެއް ވަގަށް ނަގާފައިވާ މައްސަލައެއް މިއަދު ހެނދުނު 10:30 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ. 

ހަމަ އެ ގޭގެ އަށްވަނަ ފަންގިފިލާއިން 37،200 ދިވެހި ރުފިޔާއަށްވުރެ ގިނަ ފައިސާ ވަގަށް ނަގާފައިވާ މައްސަލައެއް މިއަދު ހެނދުނު 11:52 ހާއިރު ފުލުހަށް ހުށަހަޅާފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

ފުލުހުން ދަނީ މި ދެ މައްސަލަވެސް ތަހުގީގުކުރަމުންނެވެ.

އެ ހާދިސާގައި ވަނީ ރޯވި އެއް އިމާރާތެއްގައި ތާށިވި ތ.ބުރުނީއަށް އުފަން އައިޝަތު ޝައުނާ ނިޔާވެ ފަ އެވެ. ރޭ ހިނގި އަލިފާނުގެ ހާދިސާގައި 400 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހުނުއިރު، އެ އެންމެންނަށް ވެސް ވަނީ ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: