އިންޖީނިއަރުންގެ އަގު ވަޒަން ކުރުމަށްޓަކައި ސަރުކާރުން އެވޯޑެއް ދިނުމަށް ނިންމާފައިވަ ކަމަށް ހައުސިންގ އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ މުއްތަލިބް ވަނީ އިންޖީނިއަރުންގެ ދުވަހާއި ގުޅުވައިގެން މިއަދު ކުރިއަށް ގެންގޮސްފައި ކުޑަކުދިންގެ ހަވީރަށް އަލި އަޅުވާލައްވާފައެވެ.
މި ހަވީރަކީ މިއަހަރު ސަރުކާރުން ގައުމީ ފެންވަރުގެ އިންޖީނިއަރުންގެ ދުވަސް ފާހަގަކުރުމަށް ކަނޑައެޅުމާއި ގުޅިގެން ބާއްވާ ހަރަކާތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ދުވަސް ފާހަގަކުރުމަށް ނިންމީ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ކަމަށާއި އެހެންނަމަވެސް މޫސުން ތަންނުދިނުމާއި ގުޅޭގޮތުން އިވެންޓު ފަސްކުރަން ޖެހުނު ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ރާއްޖޭގައި ފާހަގަކުރާ ފުރަތަމަ އިންޖިނިއަރުންގެ ދުވަސް ކަމަށް ވުމާއިއެކު، ލިބޭ ތަރުހީބާއި މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި މަސައްކަތް ކުރުމުގައި ސަރުކާރުގެ އެސްސޯއީ ތަކާއި އިދާރާތަކުން މިނިސްޓްރީއަށް ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާ ކަމަށް ވިދާޅުވިއެވެ. ކުރިއަށް އޮތް ތަކުގައިވެސް މިއަށްވުރެ ފުރިހަމައަށް މިކަން ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
”އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމަށް ސަރުކާރާއި އަދި މިނިސްޓްރީން ރާވައިގެން ކުރިއަށް ގެންދިޔަ ބައެއް ކަންކަމުގެ ތެރޭައި، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ސްކޫލު ކުދިން އިންޖިނިއަރުންނާއި ގުޅުންހުރި އެކި މުވައްސަސާތަކަށް ގެންގޮސް އެވެއަރނެސް އިތުރު ކުރުމުގެ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންދެވިފައި. ފެނަކަ އިންޖީނުގެ ތަކަށް ދިއުމާއި، އެމްޓީސީސީން ހިންގާ ޕްރޮޖެކްޓުތަކަށް ގެންދިއުމާއި، އެމްޑަބްލިޔުއެސްސީން ހިންގާ ޕްރޮޖެކްޓުތަކަށް ގެންދިއުމާއި، އަދި މާލޭގައި ސްޓެލްކޯއިން އަދި އެޗްޑީސީން އަދި އެހެންވެސް ފަރާތްތަކުން ސްކޫލްކުދިންނަށް ވީހާވެސް ބޮޑަށް އެވެއަރނެސް އިތުރު ކުރުމަށްޓަކައި ތަފާތުހަރަކާތްތަކެއް ވަނީ ހިންގާފަ“
މީގެއިތުރަށް އިންޖިނިއަރިން ދާއިރާގައި ގައުމަށް ހިދުމަތް ކޮށްދީފައިވާ ފަރާތްތަކުގެ ޕްރޮފައިހަދާ އަދި އެ ޕޯސްޓުތައް ޝެއަރ ކުރުމުގެ މަސައްކަތްތައް ކުރިއަސް ގެންގޮސްފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ ފުރަތަމަ ފާހަގަކުރާ އިންޖިނިއަރުންގެ ދުވަހާއި އަޅާބަލާއިރު ގަބޫލުކުރެއްވި މިންވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި އިންޖިނީއަރުންފެ އަގު ވަޒަންކުރުމަށް އެވޯޑެއް ތައާރަފްކުރުމަށް ނިންމާފައިވާއިރު، އެކަމަށް ހާއްސަ ހަފްލާއެއްވެސް ބޭއްވިގެން ދާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި އަންނަން އޮތް އަހަރުތަކުގައި މިއަށްވުރެވެސް ކާމިޔާބުކަމާއިއެކު މިދުވަސް ފާހަގަ ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

