ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންހެނަކު ގަދަކަމުން ހިފަހައްޓައި، އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި ޒުވާނާގެ ވަނަވަރު ހާމަކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ގެއެއްގެ ތެރޭގައި އަންހެނަކު ގަދަކަމުން ހިފަހައްޓައި، ޖިސްމާނީ އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާގެ ވަނަވަރު ފުލުހުން  ހާމަކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ ދިވެހި ޒުވާނެކެވެ.

ފުލުހުން ދިން މައުލޫމާތުގައި ބުނެފައިވަނީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒުވާނާއަކީ ހ. ފޯސީޒަން، ކ. މާލެ، އަޙްމަދު އާހިލް މުނާޒު ކަމަށެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިދިޔަ އަންގާރަ ދުވަހު އިރުއޮއްސި 18:11 ހާއިރުއެވެ. ތުހުމަތު ކުރެވޭ ގޮތުގައި މާފަންނު ސަރަހައްދުގެ ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކު ވަނީ ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާ ދީފައެވެ. ފުލުހުން އެހީތެރިކަމަށް އެދިގެން އެ އަންހެން މީހާ ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މީގެ އިތުރުން، ފުލުހުންގެ އެހީތެރިކަމާއެކު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ 24 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ އަނިޔާ ދީފައި ހުރިކަމަށް ތުހުމަތު ކުރެވޭކަމަށް ހޮސްޕިޓަލުން ބުނެގެން ބަލަމުންދާ ވަކި މައްސަލައެއްވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަންހެނުންނަށް ކުރާ އަނިޔާގެ މިފަދަ ސީރިއަސް މައްސަލަތައް ފުލުހުންގެ ސަމާލުކަމަށް އަންނަ މިންވަރު މިހާރު ވަނީ އިތުރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: