ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަޕޯ އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް އައްޔަން ކުރުމަށް ފައްޔާޒްގެ ތާއިދު

ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ޣަފޫރު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްމާއިލް އިސްތިއުފާ ދެއްވުމާ ގުޅިގެން، ވަގުތީ ޗެއާޕާސަނެއް ހޮވުމުގެ މަސައްކަތްތައް ވަނީ ފެށިފައެވެ.

މި މަގާމަށް މި ވަގުތު އެކަނި އޮތީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ގެ ނަމެވެ. ފައްޔާޒު އިސްމާއިލް ވަނީ ގަޕޯއަށް އެ މަގާމަށް ތާއީދު ކުރައްވާ ކަމަށް ހާމަކުރައްވާފައެވެ. އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ފެކްޝަން ކޯޅުންތަކުގެ ތެރޭގައި، މި ނިންމުންތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

ވަގުތީ ޗެއާޕާސަން ހޮވުމުގެ މަސައްކަތް

އެމްޑީޕީގެ ޗެއާޕާސަންގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލުކުރާނެ ބޭފުޅަކު ހޮވުމަށްޓަކައި، ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވިއެވެ. މި ބައްދަލުވުމަށް ފުރަތަމަ ހުށަހެޅުނު ނަންތަކުގެ ތެރޭގައި ގަޕޯގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދާއި، އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަސްލަމްގެ ނަން ހިމެނެއެވެ. ނަމަވެސް އަސްލަމަކީ ގައުމީ މަޖިލީހުގެ މެމްބަރަކަށް ނުވާތީ، އޭނާއަށް ޗެއާޕާސަންގެ މަސްއޫލިއްޔަތު އަދާކުރެއްވިދާނެތޯ ސުވާލު އުފެދުނެވެ.

ފެކްޝަން ކޯޅުންތަކާއި ވޯޓު ނެގުން

ވަގުތީ ޗެއާޕާސަން ހޮވުމުގެ މަސައްކަތުގައި އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ފެކްޝަން ކޯޅުންތައް ވަނީ ބޮޑުވެފައެވެ. އަބްދުﷲ ވަހީދުގެ ނަން ހުށަހެޅުއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ. އަދި ގަޕޯއާއި އަސްލަމްގެ ނަން ހުށަހަޅަން އުޅުނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ.

ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ފުރަތަމަ ވޯޓަށް އެހީ އަބްދުﷲ ވަހީދުގެ ނަމަށެވެ. ވަހީދަށް 47 މެމްބަރުންގެ ވޯޓު ލިބުނު ނަމަވެސް، އެ ހިސާބުން ބޮޑު ޒުވާބަކަށް ގޮސް، އަސްލަމްގެ ނަމަށް ވޯޓަށް އެހުމުގެ ފުރުސަތު ނުލިބި ބައްދަލުވުން ނިންމާލީއެވެ.

ވަހީދު ފަހަތަށް ޖެހިވަޑައިގަތުން

ބައްދަލުވުން ނިމުމަށްފަހު، އަބްދުﷲ ވަހީދު ވަނީ ޗެއާޕާސަންގެ މަގާމަށް ހުށަހެޅުއްވި ނަން އަނބުރާ ގެންނަވާފައެވެ. ޕާޓީގެ ރައީސް އަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީއެއްގައި ވަހީދު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ޝާހިދު ކަން ކުރެއްވި ގޮތުން ވާދަކުރުން އަނބުރާ ގެންނަން ނިންމެވީ ކަމަށާއި، އެގޮތަށް ނިންމެވީ އެމްޑީޕީގެ އެއްބައިވަންތަކަން ގާއިމް ކުރުމަށް ކަމަށެވެ. ވަހީދު ފަހަތަށް ޖެހިވަޑައިގަތުމުން މިހާރު ވަގުތީ ޗެއާޕާސަންގެ މަގާމަށް އޮތީ ގަޕޯގެ ނަން އެކަންޏެވެ.

ފައްޔާޒުގެ ތާއީދާއި ނިންމުން

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއިލް ވަނީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް މެސެޖެއް ފޮނުއްވައި، ގަޕޯއަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ. އަދި ވަގުތީ ޗެއާޕާސަން ހޮވުމުގެ ބައްދަލުވުން ވީހާވެސް އަވަހަކަށް ބާއްވައި ނިންމަވައި ދެއްވުމަށް ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދާ އެދިވަޑައިގެންނެވިއެވެ. ގަޕޯއަށް ތާއީދު ކުރައްވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ޓީމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: