ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭ ޓާމިނަލް 1 އިން ޗައިނާ އީސްޓާން އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފި!

ފޮޓޯ: އެމްއޭސީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން، ޗައިނާ އީސްޓާން އެއާލައިންސް އަށް ހިދުމަތް ދޭން ފަށައިފިއެވެ.

ޓާމިނަލް 1 އަށް، ޗައިނާ އީސްޓާން އެއާލައިންސް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައިވާއިރު، ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާ ހުންނަވާ ސަފީރު ކޮންގ ޝިއަންހުއާއެވެ.

މީގެއިތުރުން، މި ރަސްމިއްޔާތުގައި،  ރާއްޖޭގައި ހުންނަ ޗއިނާ އީސްޓާން އެއާލައިންސް އޮފީހުގެ ޖެނެރަލް މެނޭޖަރު ލީ ޖިއާ އާއި ވިލާ ޓްރެވަލްސްގެ ސްޓޭޝަން މެނޭޖަރު މުހައްމަދު ފައްޔާޒުއާއި، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފު މުހައްމަދު އާއި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި، ޓާމިނަލް 1 އިން ޗައިނާ އީސްޓާން އެއާލައިންސްއަށް ހިދުމަތް ދޭން ފެށުމަށްޓަކައި، އެ އެއާލައިންގެ ޗެކިންގ ކައުންޓަރުތައް ވަނީ ރަސްމީކޮށް ހުޅުވައިފައެވެ. އަދި، އެ އެއާލައިންސްއިން ފރި، 241 ފަސްިނަޖަރުންނަށް ވަނީ ހަދިޔާވެސް ދީފައެވެ.

މީގެއިތުރުން، ޓާމިނަލް 1 އަށް ކައިރި ކުރި، ޗައިނާ އީސްޓާން އެއާލައިންސްގެ ފުރަތަމަ ފްލައިޓު، MU235 އިން ރާޢްޖެއަށް އައި 227 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތާއިއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ޗައިނާ އީސްޓާން އެއާލައިންސްއަކީ، ޗައިނާގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާއިރު، މި އެއާލައިންއަކީ ޗައިނާގެ ސަރުކާރުން ހިންގާ އެއާލައިނެކެވެ. އެގޮތުން، މި އެއާލައިނަކީ، ޗައިނާގެ އެންމެ ބޮޑު ތިން އެއާލައިނުގެ ތެރޭގައި ހިމެނޭ އެއް އެއާލައިނެވެ.

ހަމައެއާއިއެކު، މި އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 2007 ވަނަ އަހަރުގެ އޭޕްރިލް 28 ވަނަ ދުވަހުގައެވެ. އެހެންކަމުން، މިއީ، ޓާމިނަލު 1އިން ހިދުމަތް ދޭން ފެށި، ޗައިނާގެ 4 ވަނަ އެއާލައިނެވެ.

އެމްއޭސީއެލްއިން ބުނިގޮތުގައި، ޗައިނާ އީސްޓާން އެއާލައިންސްއާޢިއެކު، ޓާމިނަލް 1އިން ހިދުމަތް ދެމުން އަންނަ އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 30 އަށް އިތުރުވެފައެވެ.

އެމްއޭސީއެލްއިން ދަނީ، ވީއައިއޭގެ އައު ޓާމިނަލަށް، އޮރާޓް މަރުހަލާގެ ދަށުން، ފަހަރަކު އެއާލައިނެއް، އައު ޓާމިނަލަށް ބަދަލުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: