ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”މިފެންނަނީ އެމްޑީއެން ދިފާއު ކުރުމުގެ ނަތީޖާ!“

އިދިކޮޅުން ބޭއްވި ހިބަރު ވަދު ޖަލްސާގައި ގިނަ ބަޔަކު ވަނީ ބައިވެރިވެފަ... ފޮޓޯ: ޓުވިޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީއެން ދިފާއު ކުރުމުގެ ނަތީޖާއަކީ ސަރުކާރަށާއި ޕާޓީއަށް އޮތް ތާއީދު ކުޑަވުން ކަމަށް މަޝްހޫރު ދީނީ އިލުމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އަލީ ޒައިދު އަކީ އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން ސޯޝަލްމީޑިއާގައި އެންމެ ގަދަޔަށް ޖަމިއްޔާ އުވާލުމަށް ގޮވާލި އިލްމުވެރިންގެ ތެރޭގައި ހިިމެނޭ ބޭފުޅެކެވެ.
އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީއެން ދިފާއުކުރުމުގެ ނަތީޖާ ފެނިގެން ގޮސްފިކަމަށާއި އަދި ހިތުގައި ފޮރުވައިގެން ގެންގުޅުނު ލާދީނީކަންކަން ރައްޔިތުންނަށް ބޭޒާރުވެއްޖެ ކަމަށެވެ. އަދި އެއީ ތާއީދު އެންމެ ބޮޑަށް ދަށަށް ދިޔަ ސަބަބު ކަމަށް ޒައިދު ވިދާޅުވިއެވެ.

https://twitter.com/alizaid1000/status/1198122002705350657

ތާއީދު ގެއްލިފައިވާކަން ފެނިއްޖެ ކަމަށް ޒައިދު ވިދާޅުވީ ސީދާ ކޮންކަމަކާއި ގުޅިގެން ކަމެއް ޓުވީޓުގައި ހާމައެއް ނުކުރެއެވެ.

އިދިކޮޅު ކޯލިޝަނުން ”ހިބަރު ވަދު“ގެ ނަމުގައި ރޭ ޖަލްސާއެއް ބާއްވާފައިވާއިރު އެ ޖަލްސާގައި ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ޖަލްސާ ފެށުނުތަނާ ކަހަލަ ގޮތަކަށް، ގޮނޑިޖަހާފައިވާ އަދަދަށްވުރެ މީހުން ގިނަވެގެން އިތުރަށް ގިނޑި ޖަހަން ޖެހުނެވެ.

މިއީ ޕީޕީއެމް ސަރުކާރު ނިމުނު ފަހުން ޕާޓީގެ ޖަލްސާއެއްގައި އެންމެ ގިނަ މީހުން ބައިވެރިވި ފުރަތަަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

އެމްޑީޕީގެ ލީޑަރޝިޕް އިންތިޙާބުގެ ތެރެއިން… ފޮޓޯ: ޓުވިޓަރ

މީގެއިތުރުން އެމްޑީޕީގެ ލީޑަރޝިޕް އިންތިހާބު އިއްޔެ ވަނީ ބާއްވާފައެވެ. އެ އިންތިހާބުގައި ވޯޓުލާން ދިޔަ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދައްވެފައެވެ.

މި އިންތިޚާބުގައި ވޯޓުލާފައި ވަނީ 23،584 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 26.97 އިންސައްތައެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި، އެ ޕާޓީގެ ރަޖިސްޓްރީގައި 87،439 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބެއެވެ.

ބެލެވޭ ގޮތުގައި ޒައިދުގެ ޓުވީޓު އަމާޒުކުރައްވާފައިވަނީ މިތަނުން ކަމަކަށެވެ. އެމްޑީއެންއިންއިން އިސްލާމްދީނާއި ރަސޫލާއަސް ފުރައްސާރަކޮށް ނެރުނު ރިޕޯޓައި ގުޅިގެން ޖަމިއްޔާއާއި ޖަމިއްޔާގެ އިސްވެރިންނާއި މެދު ފިޔަވަޅު ނާޅައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ މުޒާހަރާކޮށްފައެވެ. ސަރުކާރުން އެމްޑީއެން ދިފާއުކުރާކަމަށް ބުނަމުންދާއިރު އެކަމާއި ގުޅިގެން ސަރުކާރަށް އޮތް ތާޢީދު ދައްވަމުންދާކަމަސް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: