ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑު ދެކެ އެމްޑީޕީން އަބަދުވެސް ވަރަށް ލޯބިވާނެ: ރައީސް ޔާމީން

ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެކެ އެމްޑީޕީން ވަރަށް ލޯބިވާނޭކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

”މަވެސް ޕީޕީއެމް“ ގެ ނަމުގައި ޕީޕީއެމް އޮފީހުގައި ބޭއްވި އިވެންޓްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީން އެމަނިކުފާނުދެކެ ވަރަށް ލޯބިވާނެކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އޭގެ ސަބަބުތައް ވަރަށް ގިނަ ކަަމަށެވެ. މިވަގުތު އެމްޑީޕީއާއެކުގައި މަސައްކަތް ކުރަނީ ނަގޫ ފިތިގެންގޮސް ގޮތް ހުސްވެފައިވާ މީހުންކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ގުޑުވާނުލެވި އެއް އަޒުމެއްގަ ހުރި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”އެމްޑީޕީއަކީ ޝައްކެއްވެސް ނެތްގޮތުގައި، އަޅުގަނޑު ދެކެ ވަރަށް ލޯބިވާ ޕާޓީއެއް. އެއީ ސަބަބެއް ނެތިއެއް ނޫން. އެއީ ދިވެހިރާއްޖެ އުފެއްދިކަމަށް މިބުނާ ހުރިހާ ސިޔާސީ ލީޑަރުން، ކޮބާތޯ އެ ހުރިހާ އެންމެން؟ ހުރިހާ އެންމެން އެތިބީ އެމީހުން ނިގޫ ފިތިފަ ތިބީމާ، އެންމެން އެތިބީ އެމްޑީޕީއާއެކީގައި. ކީއްވެގެންތޯ އެހެންވީމަ އެމްޑީޕީ އަޅުގަނޑު ދެކެ ލޯބިވާންވީ. އެމީހުންނަށް އެނގޭނެ އަޅުގަނޑު ދުވަހަކުވެސް ސަލާމަތް ބުއްދީގައި ހުރެ އެމްޑީޕީގެ ސަފަކަށް ނުދާނެކަން. ހަމައެކަނި މިހާރު މިފެންނަ ސިޔާސީ ލީޑަރުންގެ ތެރެއިން ގުޑުވާނުލެވޭނެ މީހަކަށް ހުންނާނީ އަޅުގަނޑު.“

ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ޝަރީޢަތާއި ގުޅޭގޮތުން ގިނަ ވާހަކަފުޅެއް ދައްކަވާފައެވެ. އެގޮތުން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ވަނީ ކިހިނެއް ކަމާއި، އެ ކަމުގައި އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވަމުންދާ ތުހުމަތުތަކަށް ތަކުރާރުކޮށް ވަނީ ރައްދު ދެއްވާފައެވެ.

އެމްޑީޕީން ރައީސް ޔާމީން ދެކެ ލޯބިވާކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް އެމްޑީޕީން އަބަދުވެސް ދަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: