ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއާއި ސައޫދީޢަރަބިއްޔާ އާއިއެކު ވެފައިވާ ސިއްހީ ދާއިރާގެ އެއްބަސްވުމަށް އަމަލުކުރުމަށް ސަޢޫދީ ކެބިނެޓުން ރުހުންދީފި

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާއި ދެމެދު މިއަހަރުގެ މާޗް މަހު، ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން ވެވުނު އެއްބަސްވުމަށް އަމަލުކުރުމަށް ސަޢޫދީ ކެބިނެޓުން ހުއްދަ ދީފިއެވެ.

އިއްޔެ ޖިއްދާގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައި މި އެމްއޯޔޫއަށް އަމަލުކުރުމަށް ކެބިނެޓުން ރުހުން ދިންއިރު، އާދިއްތަ ދުވަހު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ސަޢޫދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓަރ ފައިސަލް ބިން ފަރްހާން އަލްސަޢޫދު އާއި ބައްދަލުކުރައްވައި، ދެޤައުމުގެ މެދުގައި މަޝްވަރާތައް ބާއްވަވާފައެވެ.

މިނިސްޓަރ ޝާހިދު ސަޢޫދީޢަރަބިއްޔާގެ ޖިއްދާއަށް ވަޑައިގެންފައިވަނީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށާއި، އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް އަލް އުތައިމީން އާއި ބައްދަލުކުރެއްވުމަށެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަށާއި، ސިއްހީ ޚިދުމަތް ދޭ ތަންތަން އިތުރަށް ހަރުދަނާކުރުމަށް ސަޢޫދީޢަރަބިއްޔާއިން އިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: