ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށް!

ކުރީގެ ރައީސް އަބްދިﷲ ޔާމީން އަބްދުލް ގައްޔޫމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާ ސާބިތުވާ ކަމަށް ކަނޑައަލައި ފަސް އަހަރަށް ޖަލަށް ލުމަށް ހުކުކް ކޮށް ފަސް މިޔިލޔަން ޑޮލަރުން ޖޫރިމަނާ ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކޮށް  ފަސް ގާޒީންގެ ބެންޗުން ހުކުމް ކޮށްފައި ވަނީ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށެވެ. އޭގެ އިތުރުން ލޯންޑާ ކުރިކަމަށް ސާބިތުވި އެއް މިލިއަން ޑޮލަރުގެ ފަސް ގުނަ، ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރ ކުރުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ގިނަ ނުކުތާތަކެއް ފަސް ފަނޑިޔާރުންގެ ބެންޗުން ވަނީ ފާހަގަ ކޮށްފައެވެ. 

އެގޮތުން ޝަރީޢަތުން ފާހަގަ ކޮށްފައިވާ ގޮތުގައި އެމްއެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ގެއްލުނު ފައިސާ ހޯދަންޖެހޭ ކަމާއި، ރައީސް ޔާމީންގެ އެކައުންޓަށް ޖުމްލަ އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ ޗެކަކުން ފައިސާ ޖަމާކޮށްފައިވާކަމަށެވެ.އަދި އެ ފައިސާއިން މަންފާ ހޯދުމަށް އެމްއައިބީގައި އޮންނަ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަށް ޓްރާންސްފާ ކޮށްފައިވާކަން ޝަރީޢަތުން ވަނީ ފާހަގަ ކޮށްފައެވެ.

ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބުނެފައިވާ ގޮތުގައި އެސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާއަކީ އެހެން ފަރާތެއް މެދުވެރިކޮށް ހޯދި ފައިސާކަމާއި، އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ދައުވާ ލިބޭ ފަރާތަށް އެނގޭ ކަމާއި، އެ ފައިސާއަކީ ކެމްޕެއިން ފައިސާ ނޫންކަން އަދީބުގެ ހެކިބަހުން އެނގޭ ކަމަށާއި، އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް ވަނީ ބުނެފައެވެ. 

މީގެއިތުރުން  އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަން އޭސީސީން ދައުވާލިބޭ ފަރާތަށް އަންގާފައިވާކަމާއި، އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ވިސްނާލުމުންވެސް އެނގޭ ކަމާއި، ކުށްކޮށްގެން ހޯދާފައިވާ ފައިސާއިން މަންފާ ނަގަމުން ދިޔުމާއި އެ ފައިސާގެ އަސްލު އޮޅުވާލައިފާކަން އެންގެން އޮތް ކަން ވަނީ ފާހަގަ ކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ސޭވިން އެކައުންޓަށް ޖަމާކުރި މައްސަލާގަ އެވެ. އެ އެއް މިލިއަން ޑޮލަރު އޭގެ ފަހުން ވަނީ އިސްލާމިކް ބޭންކްގައި އޮންނަ ރައީސް ޔާމީންގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާކޮށްފަ އެވެ.

އޭގެ ފަހުން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއާއެކު ރައީސް ޔާމީން ވަނީ އެސްކޮރޯ އެކައުންޓެއް ހެދުމަށް އެއްބަސްވުމެއް ހަދާފަ އެވެ. އެގޮތަށް އެއްބަސްވީ އެ މައްސަލާގެ ތަހުގީގު ނިމެންދެން އެ އެކައުންޓްގައި އެ ފައިސާތައް ބެހެއްޓުމަށެވެ. އެކަމަކު، ޔާމީން ވަނީ އެ އެއްބަސްވުމާ ހިލާފުވެފަ ކަމަށް ދައުލަތުން ބުނެ އެވެ. އެސްކޮރޯ އެކައުންޓަށް ޔާމީން ޖަމާކުރީ އެސްއޯއެފްއިން ލިބުނު ފައިސާ ނޫން ކަމަށާއި އެ އެކައުންޓަށް ޖަމާކުރީ މޫސާ ޖަމީރުގެ ފަރާތުން ހޯދި، ފައިސާތަކެއް ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އެސްކޮރޯ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ ޒަމީރުގެ އެކައުންޓުންނެވެ.

ދައުލަތުން ބުނި ގޮތުގައި އެ އަމަލަކީ އެ ފައިސާތައް ފޮރުވައި، ކޮރަޕްޝަނުން ހޯދާފައިވާ ފައިސާތަކެއް ކަމަށް ޝައްކު ކުރެވޭ ފައިސާތަކެއް ބަދަލު ކުރަން އުޅުމުގެ އަމަލެކެވެ. އެހެންވެ، އެއީ މަނީ ލޯންޑްރިންގެ ކުށަށް ވެގެންދާ ކަމަށް ދައުލަތުން ފާހަގަކުރެ އެވެ.

ހުލާސާ ބަޔާނުގައި ދައުލަތުގެ ވަކީލް ފާހަގަ ކުރެއްވި ގޮތުގައި ރައީސް ޔާމީން އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ އަސްލު އޮޅުވާލައިގެންކަން ހެކިތަކުން ސާބިތުވާ ކަމަށެވެ. އޭސީސީއާއެކު ހެދި އެސްކްރޯ އެކައުންޓަށް ޖަމާކުރީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަތުން ހޯއްދެވި ފައިސާތަކެއް ކަމާއި އިސްލާމިކް ބޭންކްގެ އެކައުންޓްގައި ހުރި ފައިސާތައް އެ ބޭންކްގެ އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކޮށްފައިވާކަން އެނގެން އެބަ އޮތް ކަމަށެވެ. އަދި އެސްއޯއެފްއިން ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ޝައްކުވާ ކަމާއި އެކަން ރައީސް ޔާމީނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

މަނީ ލޯންޑްރިންގެ ދައުވާ ސާބިތުކުރުމަށް އަސްލު އޮޅުވާލި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ސާބިތުކޮށްދޭން ނުޖެހޭ ކަމަށާއި އެ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް އެކަށީގެންވާ ޝައްކު އުފެދޭ ކަމަށްވާނަމަ ދައުވާ ސާނިތުކުރުމަށް ފެދޭ ކަމަށް ވަކީލް ފާހަގަ ކުރެއްވި އެވެ. މި ހާލަތުގައި އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ވޮޑެމޮލާ ކުއްޔަށް ދޫކޮށް ލިބުނު ފައިސާކަން ހެކިންގެ ހެކި ބަހުން އެނގޭ ކަމަށެވެ. އެހެންވެ، ދައުލަތުން އެދުނީ ކުށުގެ އެންމެ މުހިންމު ދެ އުންސުރު ސާބިތުކޮށްދެވިފައިވާތީ ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށްދިނުމަށެވެ.

ހުލާސާ ބަޔާނުގައި ވެސް ރައީސް ޔާމީންގެ ފަރާތުން އެންމެ ބޮޑަށް ފާހަގަ ކުރެއްވި އެ ނުކުތާ އެވެ. އަދީބާއި ޒިޔަތަކީ ދެ ފާސިގުން ކަމަށާއި ފާސިގުން ހެކި ބަސް ބަލައިނުގަނެވޭނެ ކަމަށް ފިގުހު އިލްވެރިން އެއްބަސްވާކަން ވަކީލުން ފާހަގަ ކުރެއްވި އެވެ. ފާސިގުންގެ ހެކި ބަސް ބަލައިނުގަނެވޭނެކަން ސާބިތުކުރުމަށް ގުރުއާންގެ ގިނަ އާޔަތްތަކާއި ފިގުހު އިލްވެރިންގެ ބަސްތައް ހުށަހެޅުއްވި އެވެ.

ރައީސް ޔާމީންގެ ވަކީލް އަލީ ޝާހް ފާހަގަ ކުރެއްވި ގޮތުގައި މި ދައުވާއަކީ ރަނގަޅު ނޫން ސިޔާސީ ދައުވާއެކެވެ. ދައުވާ ފުރިހަމަ ވާން ޖެހޭ އުންސުރުތައް ނެތްއިރު ސާބިތުކުރުމަށް ބޭނުންވާ އުންސުރުތައް ވެސް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. ވަކީލް ވިދާޅުވީ އެސްއޯއެފްގެ ފައިސާއަކީ ޝައްކު އުފެދޭ ފައިސާއެއް ކަމެއް ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ. އެއީ އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ކޮރަޕްޝަންގެ ފައިސާ ކަމަށް މިހާތަނަށް އެއްވެސް އިދާރާއަކުން ކަނޑައަޅާފައި ނެތްއިރު އެސްއޯއެފްގެ ހުރިހާ ފައިސާއަކީ ގޯސް ފައިސާ ކަމަށް ވެސް ކަނޑައަޅާފައިނެތް ކަމަށެވެ. އަދި ސިވިލް ކޯޓުން ވެސް އެގޮތަށް މީގެކުރިން ހުކުމް ކޮށްފައިވާ ކަމަށެވެ. އެސްއޯއެފްއަކީ އެމްއެމްޕީއާރްސީއާއެކު ސައްހަ ވިޔަފާރީގެ މުއާމަލާތްތަކެއް ވެސް ހިންގަމުން ދިޔަ ކުންފުންޏެއްކަން ވެސް ސާބިތުވާން އެބަ އޮތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: