ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު އިދިކޮޅަށް: ރައްޔިތުން ބުނަނީ، ތި އިހުތިޖާޖުގައި ވަރެއް ނެތް ކަމަށް!

އިދިކޮޅުން މަޖިލީސް ޖަލްސާގައި އިހުތިޖާޖު ކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިންގެ ކުށުގައި ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދޫކޮށްލުމަށް ގޮވާލާ އިދިކޮޅު މަޖިލީސް މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރަމުންދާއިރު އިހުތިޖާޖުގައި ”އެއްވެސް ވަރެއް“ ނެތް ކަމަށް ރައްޔިތުންގެ ޝަކުވާ ލިބެމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ކްރިމިނަލް ކޯޓުގެ ފަސް ގާޒީންގެ ބެންޗުން އިއްތިފާގުވެ ހުކުމް ކޮށްފައި ވަނީ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށެވެ. އޭގެ އިތުރުން މަނީ ލޯންޑަރ ކުރިކަމަށް ސާބިތުވި އެއް މިލިއަން ޑޮލަރުގެ ފަސް ގުނަ ކަމަށްވާ ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައެވެ.

ރައީސް ޔާމީނަށް ކޮށްފައިވަނީ ސިޔާސީ ހުކުމެއްކަމަށް ބުނެ، ހޯމަ ދުވަހުގެ ޖަލްސާ ފެށުމާއި އެކު އިދިކޮޅުން ވަނީ ޖަލްސާއަށް ހުރަސް އަޅާފައެވެ. އަދިވެސް ހުއްޓާނުލާ މަޖިލީހުގައި އަޑުގަދަ ކުރައްވަމުން ގެންދަވާ މެމްބަރުންގެ ތެރޭގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި، ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން، މާވަށު ދާއިރަގެ މެމްބަރު އަހުމަދު ސައީދު ހިމެނިވަޑައިގަންނަވައެވެ.

ބަހުސްގައި ބައިވެރިވެ ވާހަކަ ދައްކަވާ މެމްބަރުންނަށް ވެސް ހުރަސް އަޅުއްވާ، އިދިކޮޅުން ގެންދަނީ އަޑުއުފުލަމުންނެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް އިިދިކޮޅުން ގޮވާލަމުން ދަނިކޮށް ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ދަނީ ޓީވީ ބައްލަވަމުން ކަމަށެވެ. އެހެން ނަމަވެސް، އެ ރައްޔިތުން ދެކެނީ އިހުތިޖާޖުގައި އެއްވެސް ވަރެއް ނެތް ކަން ކަމަށެވެ.

އިހުތިޖާޖުގައި ހުރުމަށްފަހު ބަހުސްގައި ބައިވެރުވެވަޑައިގެން ސައީދު ވަނީ މި ރާއްޖޭގެ އިގްތިސޯދެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި ބަޖެޓަށް ވެސް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

”އިއްޒަތްތެރި މެމްބަރު، ޓީވީ ބައްލަވަމުން ގެންދަވާ ރައްޔިތުން ވަރަށް ބޮޑަށް ހިތް ހަމައެއް ނުޖެހޭކަމަށް އަޅުގަނޑަށް އެބަ މައުލޫމާތު ލިބޭ…. އިހުތިޖާޖުގައި އެއްވެސް ވަރެއް ނެތުމުން“ ރައީސް ނަޝީދު ވިދާޅުވިއެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެމަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވާލި ކަމަށް ދައުވާގައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: