ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ މިނިސްޓަރ މުއިއްޒުގެ މައްސަލަ ފުލުހުންނަށް ހުށަހަލައިފި

ކުރީގެ ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސެޓްލްމެންޓް އެގްރީމެންޓް ހަދައި ދައުލަތުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުނު މައްސަލައިގައި އިހުމާލުވި މީހުންނާ މެދު ފިޔަވަޅު އަޅައި، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެއްވެސް ކަހަލަ މާލީ މަންފާއެއް ހޯއްދަވާފައިވޭތޯ ބަލަން، ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައި މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ. 

ހައުސިން ޔުނިޓުތަކެއް އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްއާއެކުގައި ވެފައިވާ އެއްބަސްވުންތައް ކުރީގެ ސަރުކާރުން އުވާލުމުން ބަދަލުގެ ގޮތުގައި ދައުލަތުން ބޮޑު އަދަދެއްގެ ފައިސާ ދައްކަން ޖެހުމުގެ މައްސަލާގައި މިދިޔަ މަހުގެ ތެރޭގައި މާލިއްޔަތު ކޮމިޓީ އަށް މުއިއްޒު ވަނީ ހާޒިރުކޮށްފައެވެ.

މާލިއްޔަތު ކޮމިޓީއަށް މުއިއްޒު ހާޒިރުކުރީ ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެ މައްސަލާގައި ނޫމަޑިއާ އެއްކޮޅަށް އާބިޓްރޭޝަންގައި ބަޔާން ދިން ކަމަށް ބުނެއެވެ. ނަމަވެސް ކޮމިޓީގައި ވާހަކަދައްކަމުން މުއިއްޒު ވަނީ އޭނާ އެއްވެސް ބަޔަކާ އެއްކޮޅަށްވެސް އަދި ދެކޮޅަށްވެސް ބަޔާން ދީފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.

މުއިއްޒުގެ ވާހަކަތަކާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވަނީ މުއިއްޒު ކޮމިޓީގައި ދޮގު ހެއްދެވި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެ މައްސަލަ ތަހުގީގު ކުރަން ފުލުހަށް ހުށަހެޅުމަށް އިލްޔާސް ހުށަހެޅުއްވިއެވެ. އިލްޔާސްގެ ހުށަހެޅުއްވުމަށް ދާންދޫ ދާއިރާ މެމްބަރު ޔައުގޫބު ތާއީދު ކުރެއްވިއިރު އެ ހުށަހެޅުން ފާސްވީ ކޮމިޓީގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ އިއްތިފާގުންނެވެ.

އެއްބަސްވުން އުވައިލި މައްސަލައިގައި ނޫމަޑިން، ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅީ 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) އަދި އާބިޓްރޭޝަނާ ގުޅޭ އެހެން ޚަރަދުތައް ހޯދުމަށެވެ. ކޯޓުގައި މި މައްސަލަ ހިނގަނިކޮށް، ނޫމަޑިއާ ވާހަކަ ދައްކައި މި ސަރުކާރުން ވަނީ 55 މިލިއަން ޑޮލަރު (849،750،000ރ.) ބަދަލުގެ ގޮތުގައި ދޭން ނިންމައިފަ އެވެ. ކޯޓުން ބޭރުގައި ވެސް މިހާ ބޮޑު ބަދަލެއް ދޭން ޖެހުނު އެއް ސަބަބަކީ، ދައުލަތާ ދެކޮޅަށް އާބިޓްރޭޝަންގައި މުއިއްޒު ހެކިބަސް ދެއްވުން ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

މުއިއްޒާއި އިދިކޮޅު ޕީޕީއެމްގެ މެމްބަރުން ތުހުމަތު ކުރެއްވި ގޮތުގައި، ކުޑަ ބަދަލަކުން ނިމެން އޮތް މައްސަލައެއްގައި ދައުލަތުން ބޮޑު ބަދަލެއް ނޫމަޑި އަށް ދިނީ ބޮޑު ރޭވުމެއްގެ ތެރެއިންނެވެ. ނޫން ނަމަ، އާބިޓްރޭޝަނުން މައްސަލަ ނިމޭއިރު 155 މިލިއަން ޑޮލަރު ނޫމަޑި އަށް ލިބޭނެ ކަމުގެ ޔަގީންކަން އޮއްވައި އޭގެ އެތައް ގުނައެއް ކުޑަކޮށް 55 މިލިއަން ޑޮލަރަށް އެ ކުންފުނިން އެއްބަސް ނުވާނެ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: