ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަން: ފޮޓޯ ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ފަސް އަހަރުގެ މުއްދަތަށް ހޮވާ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ އަންނަ ހޯމަ ދުވަހުގެ މެންދުރު 01:00 އަށް ހަމަވާނެކަމަށެވެ.

އެ މަގާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ހުށަހަޅަން ޖެހެނީ ޖޭއެސްސީަށް ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.

  ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް މަހު މުސާރައިގެ ގޮތުގައި 47،500 ރުފިޔާ ލިބޭނެ އެވެ. ޖޭއެސްސީން ނެރިފައިވާ އިއުލާނުގައި ވާގޮތުން، އެ މަޤާމަށް ކުރިމަތިލާ މީހުންގެ  ޝަރުތުތަކަކީ ގާނޫނީ ދާއިރާއިން ނުވަތަ އިދާރީ ހިންގުމުގެ ޑިގްރީއެއް އޮތުމާއި، އެ ދެ ދާއިރާއިން ކޮންމެވެސް އެއް ދާއިރާއަކުން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުމެވެ.

އޭގެ އިތުރުން ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމާއި، ދިވެއްސަކަށް އަދި މުސްލިމަކަށް ވުން ވެސް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާ ޝަތުރުތަކުގެ ތެރޭގައި ހިމެނެ އެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވާއިރު، އެ މަގާމުގައި ހުރި ޑރ. އަބްދުﷲ ނަޒީރުގެ މަގާމު ގެއްލުނީ ޖޭއެސްސީ ގާނޫނަށް ގެނައި އިސްލާހަކާއި ގުޅިގެންނެވެ. ނަޒީރުގެ މަގާމު ގެއްލެނީ އާ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައްޔަނު ކުރާ ހިސާބުންނެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ ނޮވެމްބަރު 2018 ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: