ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުން ފޮނުވާފައިވާ ކަންކަން ހިމަނާ، 2020ގެ ބަޖެޓް ފާސްކޮށްފި

ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތަކުން ފޮނުވާފައިވާ ކަންކަން ހިމަނަން ގެނައި އިސްލާހާއި އެކު ކޮމިޓީން ފާސްކުރި ގޮތަށް އަންނަ އަހަރުގެ ބަޖެޓް ފާސްކޮށްފިއެވެ.

ބަޖެޓް ފާސްކުރީ، 77 މެމްބަރުންގެ ވޯޓާއި އެކުގައެވެ. ބަޖެޓަށް ވޯޓުނުދެއްވަނީ އެންމެ މެމްބަރެކެވެ.

ކައުންސިލްތަކުން ފޮނުވާފައިވާ ކަންކަން ހިމެނުމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅިއްވި އިސްލާހު ފާސްކުރީ 71 މެމްބަރުންގެ ވޯޓާއި އެކުގައެވެ. އެ އިސްލާހަށް ވޯޓުނުދެއްވަނީ އެންމެ މެމްބަރެކެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅު 37.5 ބިލިއަން ރުފިޔާގެ ބަޖެޓަށް އިތުރު 366 މިލިއަން ރުފިޔާ އިތުރުކޮށް، ބަޖެޓު ދިރާސާކުރާ ކޮމިޓީއިން ބަޖެޓު ފާސްކުރީ، ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

ބަޖެޓަށް އިތުރު ކުރި 366 މިލިއަން ރުފިޔާގެ ތެރޭގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގައި ހިމެނިފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ބޮޑު އިންސައްތައެއް ހިއްސާކުރެއެވެ. މީގެ އިތުރުން ބައެއް އޮފީސްތަކުގެ ބަޖެޓަށް ވެސް ފައިސާ އިތުރުކޮށްދީފައިވެއެވެ.

ބަޖެޓް ދިރާސާ ކުރާ ކޮމިޓީއިން ބަޖެޓަށް 366 މިލިއަން ރުފިޔާ އިތުރު ކުރި ނަމަވެސް އެ ގޮތަށް ފާސްވާނީ މަޖިލީހުގެ ތަޅުމުން އެ ގޮތަށް ފާސްކުރުމުންނެވެ.

މިހާރު ބަޖެޓް ހިމެނޭ ގޮތަށް ބަލާއިރު، ޖުމްލަ ބަޖެޓްގެ އަދަދަކީ 37.8 ބިލިއަން ރުފިޔާއެވެ. ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ 29.9 ބިލިއަން ރުފިޔާ އަށް އަރާއިރު، ޑެފިސިޓް 5.9 ބިލިއަން ރުފިޔާއަށް އަރައެވެ.

ރައީސް ސާލިހުގެ ސަރުކާރުން ހުށަހެޅީ ފުރަތަމަ ބެޖެޓާއި ބެހޭ ގޮތުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވި ގޮތުގައި އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ ބަހާލައިފައި ވަނީ މައިގަނޑު ފަސް ދާއިރާއަކަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބެނީ ޓެކްސްގެ ގޮތުގަ އެވެ. އެއީ އާމްދަނީގެ 48 ޕަސެންޓް ނުވަތަ 17.8 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އާމްދަނީގެ ތެރޭގައި ހިމެނެނީ ޓެކްސް ނޫން އެހެން ގޮތްގޮތުން ލިބޭ 6.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން ލިބޭ 5.2 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި ބުނެފައިވާ ގޮތުގައި ބަޖެޓުންް އަންނަ އަހަރު ވެސް އެންމެ ބޮޑު ހަރަދެއް ކުރާނީ ރިކަރެންޓް ހަރަދުތަކަށެވެ. އެއީ 22.2 ބިލިއަން ރުފިޔާ ނުވަތަ ޖުމްލަ ޚަރަދުގެ 59 ޕަސެންޓެވެ. މީގެ އިތުރުން ޕީއެސްއައިޕީ އަށް 10 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު އެހެނިހެން ކެޕިޓަލް ހަރަދުތަކަށް 5 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ.

2020 ވަނަ އަހަރު ގައުމުގެ އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް ބެލެވެނީ 7.5 ޕަސެންޓްގައި ކަމަށް ބަޖެޓުގައި ވަނީ ބުނެފައެވެ. މި އަހަރު ޖީޑީޕީގެ ކުރިއެރުން ހުރީ 5.2 ޕަސެންޓްގަ އެވެ. ފިނޭންސް މިނިސްޓަރ ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް އޮތީ ދުޅަހެޔޮކަން މަތީގައި ކަމަށްވާތީ އެ ދާއިރާގެ ކުރިއެރުން 2.6 ޕަސެންޓްގައި ބެހެއްޓޭނެ އެވެ. އަދި މި އަހަރު ކުޑަ ހުއްޓުމެއް އައި ނަމަވެސް، ކޮންސްޓްރަކްޝަން އިންޑަސްޓްރީ ވެސް 1.1 ޕަސެންޓްގައި ކުރިއަރާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން ދައުލަތުގެ ރަސްމީ ރިޒާވް އަންނަ އަހަރު 819 މިލިއަން ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށް ބަޖެޓްކޮށްފައި ވެ އެވެ. އަދި ޖީޑީޕީގެ ނިސްބަތުން 19 ޕަސެންޓް ނުވަތަ 1.2 ބިލިއަން ޑޮލަރުން ކަރަންޓް އެކައުންޓް ޑެފިސިޓް ވާނެ ކަމަށް ބެލެވޭއިރު، ނޮމިނަލް ޖީޑީޕީ 97.5 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: