ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީއަކަށް ޝަމީމް އައްޔަން ކުރަން ފާސްކޮށްފި

ޕީޖީގެ މަގާމަށް އައްޔަން ކުރަން ރައީސް ސާލިޙް މަޖިލީހަށް ފޮނުއްވާފައިވާ ހުސެން ޝަމީޟް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ހ. ހިޔާކަން ހުސައިން ޝަމީމު އައްޔަނުކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެނާ މަޤާމަށް އައްޔަން ކުރަން ފާސްކުރީ  74 މެމްބަރުންގެ ވޯޓާއި އެކުގައެވެ.

ޕީޖީގެ މަގާމުން ޢައިޝަތު ބިޝާމް އިސްތިއުފާ ދެއްވުމާއި ގުޅިގެން ޕީޖީގެ މަގާމަސް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމް ތިން ބޭފުޅަކު ކުރިމަތިލައި އޭގެ ތެރެއިން ޕީޖީގެ މަގާމަށް އައްޔަން ކުރުމަސް ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙްއަށް ފެނިވަޑައިގެންނެވީ ހުސެން ޝަމީމްއެވެ. 

އެގޮތުން ޝަމީމްއަށް މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވުމުން މައްސަލަ ދިރާސާ ކުރި ޖުޑިޝަރީ ކޮމެޓީން ޝަމީިމްއާއި އިންޓަވިއު ކުރުމަށް ފަހު ކޮމެޓީން ފާސްކޮށްފައި ވަނީ ޝަމީމް ޕީޖީގެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށެވެ.

ޝަމީމަކީ، މީގެ ކުރިން ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ކޮމިޓީގެ މެމްބަރުން ވަނީ ޝަރުއީ ނިޒާމު އިސްލާހު ކުރުމާއި ކުޑަކުދިންގެ އަދުލުގެ ނިޒާމު އަދި ޖިނާއީ އަދުލުގެ ނިޒާމާއި ގުޅޭގޮތުން ޝަމީމް ދެކޭ ގޮތަކީ ކޮބައިތޯ ސުވާލުކޮށްފައެވެ. ރާއްޖެއަށް ގެނައުމަށް ބޭނުންވަނީ ރަނގަޅު ޝަރުއީ ނިޒާމަކާއި، ޖިނާއީ އަދުލުގެ ނިޒާމެއްކަން ޝަމީމް ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ނިޒާމް ވެގެންދާނީ މިނިވަން އަދި ރަނގަޅު ފެންވަރުގެ ޝަރީއަތްތައް ހިންގޭ މަސައްކަތަކަށް ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: