ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްގުތައް ކަށަވަރުވެފައިވާ މުޖުތަމައުއެއް ބިނާ ކުރެވެނީ، ފަރުދީ ޒިންމާ އަދާކުރެވިގެން: އީނާސް

އީނާސް ދެއްވި ޚިތާބުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ހައްގުތައް ކަށަވަރުވެފައިވާ މުޖުތަމައުއެއް ބިނާ ކުރެވެނީ، ފަރުދީ ޒިންމާ އަދާކުރެވިގެންކަމަށްހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ރައީސާ އައިމިނަތު އީނާސް ވިދާޅުވެއްޖެއެވެ.

އެކަންކަން ހާސިލްކުރުމަށްޓަކާ އިންސާނީ ހައްގުތައް ހިމާޔަތްކުރަން މަސައްކަތް ކުރާ އަމިއްލަ ފަރުދުންނާއި އެކުގައި މަސައްކަތް ކުރުމަށް ކޮމިޝަނުން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މުޖުތަމައުގައި އެކަކު އަނެކަކަށް އަދާކުރަން ޖެހޭ ހައްގުތައް އަދާކޮށްދޭން ޖެހޭ ކަމަށާ، ހުރިހާ އެންމެންނަށް ހަމަހަމައަށް ފުރުސަތު ހޯދާ ދޭކަން ޔަޤީންކޮށްދިނުމަށް ކަމާއި ބެހޭ ފަރާތްތަކުން އިތުރަށް މަސައްކަތް ކުރަން ޖެހޭކަމަށް އީނާސް ވިދާޅުވިއެވެ.

މިއަހަރުގެ ޝިއާރުކަމަށްވާ، ”ޔޫތް ސްޓޭންޑިން އަޕް ފޯރ ހިއުމަން ރައިޓްސް“ގެ ބޭނުމަކީ އިގްތިސާދީ އަދި އިޖްތިމާޢީ ދާއިރާގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، އެ މީހުންގެ ހައްގުތައް ހޯދައި ދިނުމާއި، އެ މީހުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުން ކަމަށް އީނާސް ވިދާޅުވިއެވެ.

އިންސާނީ ހައްގުތަކާއި މެދު މީހުން ދެކޭ ގޮތް ހޯދުމަށް ދިރާސާތަކެއް ކުރެވުނުކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖެއިން ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާއި ބެހޭ މުއާހަދާތައް ތަންފީޒްކުރާ މިންވަރު ދެނެގަތުމަށްޓަކާ،މި އަހަރުވެސް ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު އެކުލަވާލާފައިވާކަން އީނާސްވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އިންސާނީ ހައްގުތައް އަދާކުރުމުގައި ދައުލަތަށް އޮތް ޒިންމާ އަދާކުރާ މިންވަރު ދެނެގަތުމަށްޓަކާ ހިއުމަން ރައިޓްސް ވެބް ޕޯރޓަލްއެއް ހަދާފައިވާކަން އީނާސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކުޑަ ކުދިންނާއި އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމުގެ ގޮތުން ކުރެވިފައިވާ މަސައްކަތްތަކަށް އީނާސް އަލިއަޅުވާލެއްވިއެވެ. އެ ދާއިރާއިން ހަދާފައިވާ ބައެއް ޤާނޫނުތަކަކީ، އިންސާނީ ހައްގުތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކޮށްދޭނެ ކަމެއްކަމަށް އީނާސް ވިދާޅުވިއެވެ.

ބައިނަލް އަޤުވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ޑިސެމްބަރ 10ގައި ފާހަގަކުރާއިރު، އެއީ ހިއުމަން ރައިޓްސް ކޮމިޝަން ވުޖޫދިވިދުވަސްކަން އީނާސް ފާހަގަކުރެއްވުއެވެ. އެގޮތުން އެ ކޮމިޝަނަށް 16 އަހަރު ފުރިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: