ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ މަހު އެކްސްޕޯޓްދަށްވެ އާމްދަނީވެސް ދަށަށް!

މިދިޔަ މަހު އެކްސްޕޯޓްދަށްވެ އާމްދަނީވެސް ވަނީ ދަށަށް ގޮސްފަ --- ފޮޓޯ: އެމްޕީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުުވި ނޮވެމްބަރު ރާއްޖެއިން މުދާ އެކްސްޕޯޓު ކުރި މިންވަރު ދަށްވެ އާމްދަނީ ދަށްވެއްޖެއެވެ.

ކަސްޓަމްސްއިން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނޮވެންބަރު މަހު ރާއްޖެއިން އެކްސްޕޯޓު ކުރި މުދަލުގެ އަގު 11 ޕަސެންޓް ވަނީ ދަށްވެފަ އެވެ. މިދިޔަ ނޮވެމްބަރު މަހު 405 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކުރި ނަމަވެސް، މިދިޔަ އަހަރުގެ އެ މުއްދަތުގައި 454 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓް ކޮށްފަ އެވެ.

އެކްސްޕޯޓު ދަށްވި ނަމަވެސް އިމްޕޯޓު ކުރި މުދާލުގެ އަގު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ހަތަރު ޕަސެންޓް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިއަހަރުގެ ނޮވެމްބަރު މަހު އެތެރެކުރި މުދަލުގެ އަގު 4.3 ބިލިއަން ރުފިޔާއަށް އަރާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އެތެރެކޮށްފައިވާ މުދަލުގެ އަގަކީ 4.2 ބިލިއަން ރުފިޔާ އެވެ.

https://twitter.com/CustomsMv/status/1204776635947372544/photo/3

ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ ނޮވެންބަރު މަހު އެކްސްޕޯޓު އިމްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ އެއް ޕަސެންޓް ދަށްވެފަ އެވެ. މިދިޔަ ނޮވެމްބަރު މަހު  265 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 268 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޔޫ.އޭ.އީ، ޗައިނާ، އަދި އިންޑިއާއެވެ. ޔޫ.އޭ.އީ އިން 819 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ޗައިނާ އިން 616 މިލިއަން އަދި އިންޑިއާ އިން 510 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ. އެންމެ ގިނައިން ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ޤައުމުތަކުގެ ލިސްޓުގެ ކުރިއަށް ފްރާންސް އަރާފައިވަނީ ފާއިތުވިމަހު އެޤައުމުން އެއަރކްރާފްޓް އެތެރެކޮށްފައިވާތީއެވެ.

ނޮވެންބަރު މަހު ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ފިނިކުރި ކަޅުބިލަމަހެވެ. އެގޮތުން 71 މިލިއަން ރުފިޔާގެ ފިނިކުރި ކަޅުބިލަ މަސް ރާއްޖެއިން ބޭރުކުރުކޮށްފައިވާއިރު އެއީ އެކްސްޕޯޓްގެ 32 ޕަސެންޓެވެ. އަދި ދެވަނައަށް އެންމެ ގިނައިން ބޭރު ކުރީ ރީދޫ އުރަހަ ކަންނެއްޏެވެ. އެއީ އެކްސްޕޯޓްގެ 13 ޕަސެންޓް ކަމަށްވާއިރު، އެ ބާވަތުގެ 29 މިލިއަން ރުފިޔާގެ މަސް ބޭރުކުރި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: