ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީހުންގެ ފުރާނައަށް ގެއްލުންދީ މަރުގެ އިންޒާރު ދިނުން ބަލައެއް ނުގަނެވޭ: ހައިކޯޓު

މީހުންގެ ފުރާނައަށް ގެއްލުންދީ މަރުގެ އިންޒާރު ދިނުން ބަލައެއް ނުގަނެވޭ: ހައިކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

މީހެއްގެ ހަށިގަނޑާއި ފުރާނައަށް ގެއްލުން ދިނުމާއި، އަދި އެ އެމީހާއަށް މަރުގެ އިންޒާރު ދިނުމަކީ އެއްޗެސް ސިފައެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ހައިކޯޓުން ބުނެފިއެވެ.

ހައިކޯޓުން ވަނީ، އެ ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް ހަމަލާދީ، މަރާލާނެކަމުގެ އިންޒާރުދީފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހުކުރު ދުވަހު ޝުޖާއުއަށް މީހަކު ހަމަލާދޭން މަސައްކަތްކޮށްފައިވަނީ ކ. މާފުށީގައި ރައްޓެއްސަކާއި އެކު ކެފޭއެއްގައި ހުންނަަވަނިކޮށެވެ. އަދި އެ އިންޒާރާއި އެކު، ހައިކޯޓުން ވަނީ މަައްސަލަ ބަލައި ދިނުމަށް އެދި ފުލުހަށް ހުށަހަޅާފައެވެ.

ޝުޖާއުއަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަައިރު، އެކަމާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 50 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކ.މާފުށިންކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމާއި، ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. ޝުޖާއުއަށް ދިން ހަމަލާ ކުށްވެރިކޮށް ހައިކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކޯޓުން ދެކޭ ގޮތުގައި އެއްވެސް މީހެއްގެ ހަށިގަނޑާ ފުރާނައަށް ގެއްލުންދިނުމާއި މަރުގެ އިންޒާރު ދިނުމަކީ އެއްވެސް ސިފައެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ޖިނާއީ ކުށަކަށް ވުމުން، ޝުޖާއުއަށް މަރުގެ އިންޒާރު ދިން މީހާ ހޯދައި ވީހާވެސް އަވަސް ގާނޫނީ ފިޔަވަޅެއް އެޅުމަށް ކޯޓުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އާއި އެ ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުއާ ގުޅޭ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ބަލާފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: