ކޮންސްޓްރަކްޝަން ދާއިރާ އަށް ހާއްސަ ތިން އުފެއްދުމެއް އެސްޓީއޯ އިން ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފިއެވެ.
ހޮޓެލް ޖެންގައި އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތުގައި ރެނަކޮން ބްރޭންޑުގެ އޭއޭސީ ބްލޮކާއި އަނަބޯޑު އަދި ރެނަ ޕްލާޓު ރާއްޖެއަށް ތައާރަފްކޮށްދެއްވީ އެސްޓީއޯގެ ބޯޑު މެންބަރު އިސްމާއިލް ޒުމައިލް ރަޝީދާއި ރެނެކޮންގެ ޑިރެކްޓަރު އާރުޕީ ސެލްޗާ ސޮންދްރަމް އެވެ.
އުފެއްދުންތައް އިފްތިތާހު ކުރުމަށްފަހު، ވާހަކަ ދައްކަވަމުން އެސްޓީއޯގެ ކޮންސްޓްރަކްޝަންގެ ޖެނެރަލް މެނޭޖަރު އަބްދުލް ވާހިދު ވިދާޅުވީ އެސްޓީއޯއިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ތަކެތި ފޯރުކޮށް ދިނުމަށް ކަމަށެވެ. އަދި އެސްޓީއޯއިން ވިއްކާ ސާމާނަކީ، އިނޮވޭޓިވް އުފެއްދުންތަކަކަށް ހެދުމަށް މަސައްކަތް ކުރާކަން އޭނާ ފާހަގަކުރިއެވެ.
ކޮންސްޓްރަކްޝަން ދާއިރާއަށް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފައިނޭންސް ލިބުމުގެ ދަތިކަން ކަމަށާއި، އެކަމަށް ހައްލެއް ގެނައުމަށް ރާއްޖެއިން ބޭރުގެ ގައުމުތަކާއި ވާހަކަ ދައްކައިގެން ރަނގަޅު ދޮންވެލި ހޯދުމަށް މަސައްކަތް މިހާރު ފަށާފައިވާކަން ވާހިދު ވަނީ ފާހަގަކުރައްވާފައެވެ. ވާހިދު ވިދާޅުވީ އޭއޭސީ ބްލޮކާއި އަނަބޯޑު އަދި ރެނަ ޕްލާޓު ރާއްޖެއަށް ތައާރަފް ކުރެވުނީ ރަނގަޅު ވެލި ގެނައުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ކަމަށެވެ.
ރެނޯ ޕްލާސްޓާއި ގުޅޭގޮތުން ވާހިދު ވިދާޅުވީ އެއީ ޕްރީ މިކްސްއެއް ކަމަށެވެ. އަދި ހަމައެކަނި ފެން ބޭޏުންކޮށް ޕްލާޓާ ކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން އޭއޭސީ ބްލޮކް އަކީ ސައުންޑް ޕްރޫފް، ފަޔާ ރެސިސްޓު އަދި ވޯޓާ އާއި ހޯޓް ރެސިސްޓް ޕްރޮޑަކްޓެކެވެ. ވާހިދު ވިދާޅުވީ މި އުފެއްދުމުން އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އެ އިމާރާތެއްގެ ”ޑެޑް ވެއިޓް“ ލުއިވެގެން ދިޔުމުގެ ސަބަބުން ބޭނުން ކުރަންޖެހޭ ސްޓީލްގެ އަދަދު ވަރަށް ބޮޑުތަނުން މަދުވެގެންދާނެ ކަމަށެވެ. އަދި ސްޓްރަކްޗްރަލް އިންޓަގްރިޓީ ހިފަހެއްޓުމަށް އެ ބްރިކުން ބޭނުންކޮށްގެން ރޭވުމުން ފަސޭހަ ވާނެ ކަމަށެވެ.
ވާހިދު ފާހަގަކުރެއްވި ގޮތުން 20 ސްކޮޔާފޫޓުގެ ފާރެއް، ތައާރަފުކުރި ޕްރޮޑަކްޓް ބޭނުންކުރުމާ ހުރި ތަފާތު ގާތްގަނޑަކަށް 1000 ރުފިޔާ އާއި 1500 ރުފިޔާ އާއި ދެމެެދުގެ އަަގަކަށް ފެނިގެން ދާނެއެވެ.
އިންޑިޔާގެ މި ބްރޭންޑުގެ ”ރެނާޕްލާސްޓް ރެޑީމިކްސް ޕްލާސްޓާ“ ވެސް މާކެޓަށް ނެރެފައިވާ އިރު މިޕްރޮޑަކްޓް ބޭނުން ކުރުމުން، ހަރަދު ކުޑަ ގޮތަކަށް ޕްލާސްޓަރިން މަސައްކަތް ނިންމާލެވޭނެ އެވެ.

