ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމް އިންކަމް ޓެކްސްއަށް: މިއީ ދިރުވާލި ”ހިތި ބޭސް ގުޅައެއް“!

ގާސިމް އަބަދުވެސް އިންކަމް ޓެކްސްއަށް ފާޑުވިދާޅުވެ ވާހަަކަ ދައްކަވާ
ޝެއާރކޮށްލާ ކަހަލަދޯ؟

އާމްދަނީ ލިބޭ ނިސްބަތަށް ބިނާކޮށް، އިންކަމް ޓެކްސް ނެގުމާއި ބެހޭ ގާނޫނަށް ފާޑުވިދާޅުވެ އެއީ ”ހިތި ބޭސް ގުޅައެއް“ ކަމަށް ވިލާ ގުރޫޕުގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނުރުހުންވެ ވާހަކަފުޅު ދައްކަވައިފިއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖޭޕީއާ އަލަށް ގުޅުނު މެމްބަރުންގެ ފޯމު އެ ޕާޓީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވަނީ އިންކަމް ޓެކްސްއިން ރައްޔިތުންނަށް ލިބެންޖެހޭނީ ފައިދާތައް ކަމަށް ވިދާޅުވެފައެވެ.

ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ރައްޔިތުން މިހާރު ވަނީ ޓެކްސްއަށް ތައްޔާރުވާންޖެހިފައި ކަމަށެވެ. ފަސް ދޮޅަސް ހާސްއިން މަތިން އާމްދަނީ ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސް ނެގުމަށް ގާނޫނަށް އިސްލާހު ގެނެސްފައިވާއިރު އަންނަ އަހަރުން ފެށިގެން އެ މަސައްކަތް ފަށާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ރައްޔިތުން އިންކަމް ޓެކްސްއަށް ތައްޔާރުވުމަށް އިލްތިމާސް ކުރައްވާ ގާސިމް ވިދާޅުވީ ބައެއް ފަހަރު ”ހިތި ބޭސް ގުޅަ“ ވެސް ކާން ޖެހޭ ކަމަށެވެ. ހިތާއި ދެކޮޅަށް ވެސް ބައެއް ބޭސް ގުޅަތައް ކާންޖެހޭ ކަމަށާއި އެ ބޭސްގުޅަ ކައިގެން ވެސް ރައްޔިތުންނަށް ވާންޖެހޭނީ ލުއި ފަސޭހައެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

”އާދެ މިދެންނެވި ވާހަކައަކީ، އެ ޓެކްސް ދައްކައިގެން ލިބޭ ފައިސާއިން އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންނަށް އެއަށް ހިޔާނާތްތެރި ނުވެ އެ އަމާނާތްތެރި ކަމާއި އެކީގަ ރައްދުކޮށްދޭން ޖެހޭ މީހުންނަށް ބަރާބަރަށް ރައްދުކޮށްދެވިގެން އެންމެ ފައިދާ ހުރި ގޮތަށް އެ ޑެލިވާކޮށްދެވޭނަމަ އެއްކަލަ އެ ހިތި ބޭސްގުޅަ ކެއިމަ ގަދައަށް ހުން އައިއްސަ ތުރުތުރުއަޅާ މީހާ ރަނގަޅުވެގެން ދިޔައީމަ އޭގެ ނަސީބު އަޅުގަނޑުމެންނަ އެބައޮތޭ.“

ގާސިމް ވިދާޅުވީ، އިންކަމް ޓެކްސް ނަގަނީ ރައްޔިތުންނަށް ހިދުމަތްކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. އެހެން ކަމުން އެ ޓެކުހުގެ ފައިދާ ރައްޔިތުންނަށް އެންމެ ހެޔޮ ގޮތުގައި ވާސިލްކޮށްދޭން ޖެހޭނެ ކަމަށެވެ. ގާސިމް ވަނީ، އަބަދުވެސް ކޮރަޕްޝަންގެ ވާހަކަ ދައްކާއިރު އުންމީދަކީ އިންކަމް ޓެކްސްގެ ތެރެއަށް ކޮރަޕްޝަން ނުވަނުން ކަމަށެވެ. ގާސިމް ވިދާޅުވީ ގޮތުން ގައުމުގެ ތަރައްގީ އޮތީ ޓެކްސްގެ ބާވަތްތައް ތައާރަފް ކުރި ވަރަކުންނެވެ.

ގާސިމް ވިދާޅުވީ، އެއްވެސް މީހެއްގެ ހިތްބަރު ކަމެއް ނެތް ކަމަށާއި ސަރުކާރުން ކުރާ މަސައްކަތްތަކަށް ޖުމްހޫރީ ޕާޓީން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށެވެ.

ގާސިމް ވަނީ މީގެ ކުރިންވެސް އިންކަމް ޓެކްސް ނެގުމާއި ގުޅޭގޮތުން ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެގޮތުން އިންކަމް ޓެކްސް ނެގުމުގައި ކޮންމެހެން ”ވަކި ބަޔަކު“ އިސްތިސްނާ ކުރާކަށް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. ބޮޑެތި ވިޔަފާރި ކުންފުނިތަކެއް ހިންގަވާ ގާސިމް ވިދާޅުވި ގޮތުން ނަމަ، މީހާ ކުރަން އެޖެހޭ މަސައްކަތެއްގައި ”ފަގީރެއް، މުއްސަންޖެއް“ ނޯންނާނެއެވެ.

ރާއްޖޭގައި ރިސޯޓުތަކާއި، ގޭހުގެ ވިޔަފާރި އާއި ކޮލެޖެއް އަދި މީޑިއާއެއް ވެސް ހިންގަވާ ގާސިމް ރައްޔިތުންގެ މަޖިލީހުގައި އެ ބިލަށް ބަހުސް ކުރައްވަމުން ވިދާޅުވީ ގައުމުގެ ފަރުދެއްގެ ހައިސިއްޔަތުން ޒިންމާތައް އަދާކުރުމުގައި އެންމެ މުއްސަނދި މީހާ އާއި ފަގީރު މީހާ ހަމަހަމަ ވާނެ ކަމަށެވެ. އޭރު ގާސިމް ސިފަ ކުރެއްވި ގޮތުން އިންކަމް ޓެކްސް ނެގުމަށް ކަމަށް ބުނެ ބިލު ވަނީ ”ވަކި މީހަކަށް“ އަމާޒުކޮށްފައެވެ.

ޑިސެމްބަރު މަހުގެ 4 ގައި، އިންކަމް ޓެކްސްގެ ބިލަށް މަޖިލީހުގައި ވޯޓު ނެގިއިރު ގާސިމް ވޯޓު ދެއްވީ އެ ބިލާއި ދެކޮޅަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: