ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީރިއާއިން މީހުން ގެނަޔަސް، މުޖުތަމައުއަށް ނުރައްކާވާގޮތަށް ދޫކޮށް ނުލާނަން: ހޫދު

ޝެއާރކޮށްލާ ކަހަލަދޯ؟

ސީރިއާއަށް ހަނގުރާމައަށް ދިޔަ މީހުން އަނބުރާ ރާއްޖެ ގެނައި ނަމަވެސް، ބަލާ ނުލާ މުޖުތަމައުއަށް އެ މީހުން ދޫކޮށް ނުލާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

ސީރިއާއަށް ހަނގުރާމައަށް ދިޔަ ފަރާތްތަކުގެ ތެރެއިން އަނބުރާ ގެނެވޭ ހާލަތުގައި ތިބި ފަރާތްތައް، ކުރިއަށް އޮތް 6 ނުވަތަ 7 މަސް ދުވަހުގެ ތެރޭގައި އަނބުރާ ގެނައުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ފުލުހުންނާއި ހަވާލާދެއްވާ ހޫދު ވިދާޅުވިއެވެ.

ސީރިއާގައި ތިބި ރާއްޖޭގެ ފަރާތްތައް އަލުން ރާއްޖެ ގެނައުމަށް މަސައްކަތް ކުރާއިރު، އެކަމުން މުޖުތަމައުއަށް ކުރާނެ އަސަރުތަކާއި މެދު ވިސްނާ ކަމަށާ، އެ މީހުން ރިހިބިލިޓޭޓްކުރަން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހޫދު އިތުރަށް ވިދާޅުވީ ސަރުކާރުގެ އިލްތިމާސަކީ ހުރިހާ ކަމެއްވެސް ޤާނޫނީ ހުދޫދުގެ ތެރޭގައި ކުރުންކަމަށެވެ. މިސާލަކަށް ދީނީ ނަސޭހަތް ދިނުމުގައިވެސް އެ އިމުން ބޭރުވާނަމަ ފިޔަވަޅު އަޅާނެކަމަށް ހޫދު ވިދާޅުވިއެވެ. އެގޮތުން، ދީނީ ދަރުސް ދިނުމުގައިވެސް ހަރުކަށި ފިކުރު ނުވަތަ، ޓެރަރިޒަމްއާއި އަނިޔާވެރި ލާއިންސާނީ އަމަލްތަކަށް މަގުފަހިވާ ގޮތަށް ދަރުސް ނުދެވޭނެ ކަމަށް ހޫދު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ދީނަށް ފުރައްސާރަ ކުރާ ފަރާތްތަކަށް ވެސް މިހާތަނަށް ވާނީ ފިޔަވަޅު އަޅާފައި ކަމަށާ، ކުރިއަށް އޮތްތާވެސް އެކަން ކުރާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: