ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ހަތް އަހަރަށް ފަހު، ރާއްޖެއަށް ހަމަޖެހުން ގެނުވި އަހަރެއް: ރައީސް އޮފީސް

މިއީ ހަތް އަހަރަށް ފަހު، ރާއްޖެއަށް ހަމަޖެހުން ގެނުވި އަހަރެއް: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

2019 ވަނަ އަހަރަަކީ، ސިޔާސީ ހަމަޖެހުމާއި އެކު އިތުބާރު ގެއްލިފައި އޮތް ކޯޓުތަކަށް މިނިވަންކަން ލިބެން ފެށި އަހަރު ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

2015 ވަނަ އަހަރުގެ ތެރޭގައި އޭރުގެ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މޭޑޭ މުޒާހަރާއަށް ފަހު ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެގެން ދިޔައެވެ.

އެއަށްފަހު، އެއްވުންތައް ބޭއްވުމާއި އެކު ސިޔާސީ ހަރަކާތްތައް އިތުރުވެގެން ދިޔައެވެ. ސިޔާސީ ގޮތުން މަސައްކަތް ކުރަމުން އައި ލީޑަރުން ހައްޔަރު ކުރުމާއި އެއްވެ އުޅުން މަނާ ކުރުމާއި އެކު އަބުރުގެ ގާނޫނެއް ވުޖޫދަށް އައިސް ސިޔާސީ މަޝްރަހު އޮޮތީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ. އަދި އެއަށްފަހު 2018 ވަނަ ސުޕްރީމްކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރަށްފަހު ސިޔާސީ މަޝްރަހު އިތުރަށް ހަލަބޮލި ވެ އެތައް ބަޔަކު ވަނީ ޖަލަށް ލާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ވުޖޫދަށް އައީ އެކަންތަކަށް ނިމުމެއް ގެނައުމަށެވެ. ސަރުކާރަށް އަހަރެއް ފުރި 2019 ވަނަ އަހަރު ނިމިގެންދާއިރު ސިޔާސީ ގޮތުން ހަލަބޮލި ކަމެއް ނެތެވެ. އެކަމަށް އިޝާރާތް ކުރައްވާ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ރާއްޖެ ސިޔާސީ ކަންކަމުގެ ތެރޭގައި ގާތްގަނޑަކަށް ހަތް އަހަރު ހޭދަ ކުރުމަށް ފަހު މިހާރު އެކަންކަމުން ރާއްޖެ މިނިވަން ވެފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ކްރިމިނަލް ޖަސްޓިސް ސިސްޓަމްއަށް ފޯކަސް ކުރަން ފެށިފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.

ހޫދޫ ވަނީ، ރާއްޖޭގެ ކްރިމިނަލް ކޯޓުގައި 1900 އަށްވުރެ ގިނަ މައްސަލަ މިހާރުވެސް އެބައޮތްކަން ފާހަގަކުރައްވާ އެއީ އެތައް އަހަރެއްވެ އެޑްރެސް ކުރެވިފައި ނުވާ މައްސަލަތަކެއްކަން ފާހަގަކުރައްވާފައެވެ. އެ ހުރިހާ މައްސަލަތަކެއް ނިންމަން ބަލާއިރު ހުރިހާކަމެއް ނިންމަން ދެ އަހަރާއި ބައި ނަގާނެ ކަމަށް ހޫދު ވިދާޅުވިއެވެ.

ހޫދުވަނީ ރާއްޖޭގެ ކޯޓުތަކަށް މިހާރު މިނިވަންކަން ލިބިފައިވާކަމަށް ވިދާޅުވެ، ވަރަށް އަވަހަށް އެ މައްސަލަތައް ހައްލުވާނެ ކަމަށް ވިދާޅުވެފައެވެ. ހޫދު ވިދާޅުވީ ކޯޓުތައް އިސްލާހު ކުރުމުގެ ވައުދު އެއްކޮށް ހާސިލް ކުރުމުގައި ކުރިއެރުންތަކެއް ލިބިފައިވާކަމަށް ގަބޫލު ކުރާ ކަމަށެވެ.

ކޯޓުތަކަށް ސިޔާސީ ނުފޫޒު ފޯރުވުމާއި، ފަނޑިޔާރުންނަށް ރިޝްވަތު ދިނުމަށް މަސައްކަތް ކުރާ ވާހަކަތައް އަބަދުވެސް ދެކެވެއެވެ. އެހެންކަމުން ކޯޓުތައް އިސްލާހުކޮށް އިންސާފު ގާއިމް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ އެންމެ ބޮޑު އެއް ވައުދެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: