ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީން ގެންނަ ތިން ކުންފުންޏަކަށް ހިއުމަން ޓްރެފިކިންގެ ތުހުމަތު!

ބިދޭސީން ގެންނަ ތިން ކުންފުންޏަކަށް ހިއުމަން ޓްރެފިކިންގެ ތުހުމަތު!
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އަށް ބިދޭސީން ގެންނަ ތިން ކުންފުންޏަކުން ހިއުމަން ޓްރެފިކިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކޮށް، އެ ކުންފުނިތަކާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގުމަށް މޯލްޑިވްސް އިމިގްރޭޝަނުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

ބަންގްލަދޭޝް އިން ރާއްޖެއަށް މީހުން އެތެރެކޮށްދީގެން މަހަކު އެތައް ލައްކަ ރުފިޔާ ހޯދާ މީހުން ރާއްޖޭގައި އުޅޭއިރު، މިއީ ރާއްޖޭގައި ވިޔަފާރިއެއް ހެން ކުރަމުންދާ މަސައްކަތެކެވެ. މިކަމުގައި ދިވެހިންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ގިނަ ބަޔަކު ވެސް ހަރަކާތްތެރި ވާކަން ފާހަގަކޮށްލެވެއެވެ. ހިއުމަން ޓްރެފިކިންގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވުނު ކުންފުނިތަކުގެ މައްސަލަ ދިރާސާކޮށް، އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބިދޭސީން ގެނައުމުގައި މަކަރުވެރި އަމަލުތައް ހިންގައި އަދި ސައްހަ ނޫން ލިޔެކިއުންތައް ހުށަހަޅާފަައިވާ ކަމަށް ތުހުމަތު ކުރެވޭ ތިން ކުންފުންޏެއް މައްސަލަ ތަހުގީގު ކުރަން ފުލުހުންނަށް ހުށަހެޅީ މި މަހުގެ 11 ގައި ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅީ ކޮށްފައިވާ މުއާމަލާތްތަކާއި މައްސަލަތަކުގައި ޝާމިލުވާ މީހުންގެ ހުރިހާ މައުލޫމާތުތަކާ އެކުކަމަށް ބަޔާނުގައިި ވަނީ ބުނެފައެވެ.

އެއީ ކޮން ކުންފުނިތަކެއްކަން ހާމަނުކޮށް އިމިގްރޭޝަންއިން ބުނެފައިވަނީ މައްސަލައިގެ ތަހުގީގު ނިމެންދެން ކުންފުނިތަކުގެ ހިއްސާދާރުންނާއި މައްސަލައާއި ގުޅުން ހުރި މީހުންނަށް އެ އިދާރާއިން ފޯރުކޮށްދެމުން އައި ބިދޭސީންނާއި ގުޅުން ހުރި ހިދުމަތްތައް މެދުކަނޑާލާފައިވާކަމަށެވެ. އިމިގްރޭޝަނުން ހާމަކޮށްފައިފާ ގޮތުން، ހިއުމަން ޓްރެފިކިން އަށް ތުހުމަތު ކުރެވޭ 27 މައްސަލައެއް މިހާތަނަށް ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ. އަދި އިމިގްރޭޝަނުން ވަނީ އެ އިދާރާއިން އިންސާނީ ވަގުފާރި އަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށްޓަކައި ކަމާ ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން އިމިގްރޭޝަނުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

ބިދޭސީންނާ ގުޅުން ހުރި މިފަދަ މައްސަލަތައް ހުއްޓުވަން ކުރަމުން ގެންދާ މަސައްކަތުގައި، އިމިގްރޭޝަނުން މިހާރު ވަނީ ޝައްކުކުރެވޭ ކުންފުނިތަކުގެ މައުލޫމާތު އިކޮނޮމިކް މިިނިސްޓްރީ އަށް ވެސް ހުށަހަޅައިފައެވެ. އިމިގްރޭޝަނުން މީގެ ކުރިންވެސް އޮޅުވާލައިގެން، ރާއްޖެ ގެންނަ ބިދޭސީންގެ އަދަދު އިތުރުވެފައިވަމުން އަންނަ ކަމަށް ބުނެފައެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އުޅޭއިރު އޭގެ ތެރޭގައި ސައްހަ ލިޔެކިއުންތައް ނެތް 63،000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އެގޮތުން ވޯކް ވިސާގައި 1،40750 އެތެރެވެފައިވާ ކަމަށް ބައެއް ރިކޯޑުތަކުން ދައްކައެވެ.

ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި ބަޔަކަށް ކުށް ސާބިތުވެ، އެ މީހުން 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2016 ވަނަ އަހަރުއެވެ. މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނު ބުނާގޮތުން މަޖުބޫރުކޮށްގެން މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި އެ މީހުން ލައްވައި، މަޖުބޫރުން މަސައްކަތް ކުރުވުމަކީ ހިއުމަން ޓްރެފިކިންގެ އަމަލުތައް ކަމުގައި ބެލެވޭނެ އެވެ. ހިއުމަން ޓްރެފިކިންގެ މައްސަލަ އޮތް މިންވަރު ބެލުމަށް ފަހު އެމެރިކާގެ ސަރުކާރުން ކޮންމެ އަހަރަކު ނެރޭ ޓްރެފިކިން އިން ޕާސަންސް ރިޕޯޓުގެ އެންމެ ފަހުގެ އަދަދުގައި ރާއްޖެ ވަނީ އަނެއްކާ ވެސް ވޮޗްލިސްޓަށް އަރާފައެވެ. އޭގެ ތެރޭގައި އެންމެ ބޮޑު މައްސަލައަކަށް ނަގާފައިވަނީ ހިއުމަން ޓެރެފިކިންގެ މައްސަލަތަކުގައި ދައުވާކޮށް، އެ ކަމުގައި ހިމެނޭ ފަރާތްތަކަށް އެއްވެސް ވަރަކަށް އަދަބު ނުދެވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: