ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯކަލް ކައުންސިލް އިންތިހާބު: އެމްޑީޕީގެ ޕްރައިމަރީ ޖެނުއަރީ 31 ގައި

ކައުންސިލް އިންތިހާބަށް، އެމްޑީޕީގެ ޕްރައިމަރީ ޖެނުއަރީ 31 ގައި
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައިމްސިލް އިންތިހާބަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމުގެ ޕްރައިމެރީ އަންނަ ޖެނުއަރީ މަހުގެ 31 ގައި ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި ވާދަކުރުމަށް އެ ޕާޓީތަކުން ވަނީ ހުޅުވާލާފައެވެ. އިލެކްޝަންސް ކޮމިޝަނުން، ރަސްމީކޮށް އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަދި ހުޅުވައެއް ނުލައެވެ. އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި އީސީން ހާމަަކޮށްފައިވަނީ އޭޕްރިލް މަހުގެ 7 ވަނަ ދުވަހެވެ.

ކައުންސިލް އިންތިހާބަށް އެމްޑީޕީން ވެސް ގިނަ ތައްޔާރީތަކެއް ވަމުން އަންނައިރު، ޕާޓީގެ ވެބްސައިޓުގައި ޕްރައިމެރީއާއި ބެހޭ މައުލޫމާތުތައް ހިއްސާކޮށް ބުނެފައިވަނީ ޕްރައިމެރީއަށް އަންނަ ހޯމަ ދުވަހު އިއުލާނު ކުރާނެ ކަމަށެވެ. އެއަށްފަހު ޕްރައިމެރީގައި ވާދަ ކުރުމަށް ހުށަހެޅުމުގެ ފުރުސަތު ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އެމްޑީޕީން ވަނީ، ކެނޑިޑޭޓުންގެ ލިސްޓު ޖެނުއަރީ 13 ގައި އިއުލާނު ކުރާނެކަން ފާހަގަކޮށްފައެވެ.

އެމްޑީޕީގެ ބަޔާނުގައި ވާގޮތުން ކައުންސިލް އިންތިހާބަށް ވާދަކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ޕްރައިމެރީ ވޯޓުގައި، ވޯޓު ލެވޭ ފަރާތްތަކުގެ ލިސްޓު ޖެނުއަރީ 7 ގައި އިއުލާނު ކުރާނެއެވެ. އެއަށްފަހު ޝަކުވާ ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ލިބިގެންދާނެ ކަމަށާއި، ފައިނަލް ވޯޓާސް ލިސްޓު އާއްމު ކުރާނީ ޖެނުއަރީ މަހުގެ 15 ގައި ކަމަށެވެ.

ކައުންސިލް އިންތިހާބުގައި، ވާދަ ކުރާ ފަރާތައް ވަނީ ދާއިރާގެ ކެމްޕެއިން ފަށާފައެވެ.

އެމްޑީޕީން މިދިޔަ ނޮވެމްބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕާޓީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު ވިދާޅުވީ އެމްޑީޕީގައި ރަޖިސްޓްރީގައި 87،439 މީހުން އެބަތިބި ކަމަށެވެ. އެ އެންމެންނަކީ ވެސް ވޯޓު ލިބުނުމުގެ ހައްގު ލިބިގެންވާ މީހުންކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: