ބްރިޖުން ދަތުރުކުރާ އުޅަނދުތަކުގެ ސްޕީޑާއި އުޅަނދުތަކުގެ ނަމްބަރު ޕްލޭޓް އޮޓަމެޓިކުން ދެނެގަނެވޭ ފަދަ ކެމެރާ ހަރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން އާންމުވެފައިވާ ސިނަމާލެ ބްރިޖުގައި ހަރުކުރާނީ ދުވެލި ބެލޭ ޓްރެފިކް ކެމެރާތަކެއްކަން ފުލުހުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. އަދި ބްރިޖްގައި ފުލުހުން ވަނީ ކެމެރާތައް ހަރުކޮށްފަ އެވެ.
ބްރިޖްގައި ހަރުކޮށްފައިވާ ކެމެރާތަކާއި ގުޅޭގޮތުން، ހަމީދު ވިދާޅުވީ ކެމެރާތައް މިހާރު ބޭނުން ކުރަން ފަށާފައިވާ ކަމަށާއި އަދި ކުރިއަށް އުޅަނދުތައް ދަތުރުކުރާ ސްޕީޑާއި އޮޓަމެޓިކުން އުޅަނދުތަކުގެ ނަމްބަރު ޕްލޭޓް ދެނެގަނެވޭ ފަދަ ކެމެރާތައް ކުރިޔަށް އޮތް ތަނުގައި ހަރުކުރެވިގެންދާނެ ކަމަށެވެ
ބްރިޖުގައި ހިނގާ އެކްސިޑެންޓުތައް ގިނަވެ، ބްރިޖުގައި ދަތުރުކުރާއިރު ހެލްމެޓު އެޅުން މަޖުބޫރުކޮށްފައިވަނީ މިއަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

