ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން ވަނަ ކުއާޓަރު ނިމުނުއިރު ޖީއެސްޓީ ދެއްކުމަށްޓަކާ 13،689 ފަރާތެއް ރެޖިސްޓްރީކޮށްފި

ތިން ވަނަ ކުއާޓަރު ނިމުނުއިރު ޖީއެސްޓީ ދެއްކުމަށްޓަކާ 13،689 ފަރާތެއް ރެޖިސްޓްރީކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

2019 ވަނަ އަހަތުގެ ތިން ވަނަ ކުއާޓަރު ނިމުނުއިރު ޖީއެސްޓީ ދެއްކުމަށްޓަކާ 13،689 ފަރާތެއް ރެޖިސްޓްރީކޮށްފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރޮޓީ މީރާއިން ބުނެފިއެވެ.

މީރާއިން ހާމަކޮށްފައިވާގޮތުން، ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީސްއެސްޓޯ ދެއްކުމަށް 3 ވަނަ ކުއާޓާރ ފެށުނިއިރު 11،444 ފަރާތަކުން ވަނީ ރެޖިސްޓްރީކޮށްފައެވެ. އޭގެ އިތުރުން ޓެކްސް ދެއްކުމަށް އަހަރުގެ 3 ވަނަ ކުއާޓަރުގައި 361 ފާރާތެއް ވަނީ ރެޖިސްޓްރީކޮށްފައެވެ. ރެޖިސްޓްރީން 68 ފަރާތެއް ވަނީ އުނިކޮށްފައެވެ.

ދާއިރާގެ ޖީއެސްޓީއަށް 3 ވަނަ ކުއާޓަރު ފެށުނުއިރު 1891 ފަރާތެއް ރެޖިސްޓްރީ ކުރިއެވެ. އަދި 3 ވަނަ ކުއާޓަރުގައި މި ޓެކްސްއަށް މުޅިން އަލަށް 71 ފަރާތަކުން ވަނީ ރެޖިސްޓްރީކޮށްފައެވެ.

ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއަށް 3 ވަނަ ކުއާޓަރު ފެށުނުއިރު 1891 ފަރާތެއް ވަނީ ރަޖިސްޓްރީކޮށްފައެވެ. އަދި 3 ވަނަ ކުއަރޓަރުގައި މި ޓެކްސްއަށް މުޅިން އަލަށް 71 ފަރާތެއް ވަނީ ރަޖިސްޓްރީކޮށްފައެވެ. އަދި 10 ފަރާތެއް ރަޖިސްޓްރީން އުނިކޮށްފައިވާތީ، ކުއާޓަރު ނިމުނުއިރު ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ދެއްކުމަށް މީރާގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ އަދަދު 1952 އަރައެވެ.

މީގެ އިތުރުން ގްރީން ޓެކްސް ދެއްކުމަށް މިދިޔަ ކުއާޓަރުގައި 41 ފަރާތެއް އަލަށް ރެޖިސްޓްރީ ކުރިއިރު މުޅި 1014 ފަރާތެއް ވަނީ ގްރީން ޓެކްސް ދެއްކުމަށް މީރާގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައެވެ.

ޖީއެސްޓީއަކީ މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސްއެކެވެ. ގްރީން ޓެކުހަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ އަތުން ނަގަމުން އަންނަ ޓެކްސްއެކެވެ. ގްރީން ޓެކްސް ނަގަން ފެށީ 2015 ވަނަ އަހަރުން ފެށިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: