ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެރަރިޒަމް އާއި ދެކޮޅަށް ކުރާ މަސައްކަތުގައި ގައުމީ އިންޓެލެޖެންސް އިދާރާއެއް ހުރުން މުހިއްމު: ހަސަން ލަތީފް

ޝެއާރކޮށްލާ ކަހަލަދޯ؟

ޓެރަރިޒަމް އާއި ދެކޮޅަށް ކުރާ މަސައްކަތުގައި ގައުމީ އިންޓެލެޖެންސް އިދާރާއެއް ހުރުން މުހިއްމު ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. ޓެރަރިޒަމް އާއި ދެކޮޅަށް ކުރާ މަސައްކަތުގެ އިތުރުން މަނީ ލައުންޑަރ ކުރުމާއި، އިންސާނީ ވަގުފާރި ކުރުން ހުއްޓުވުމަށްވެސް އެއީ މުހިއްމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

https://twitter.com/HassanLatheef/status/1210534591964098562

ހަސަންލަތީފް މިފަދައިން ވިދާޅުވެފައި ވާއިރު، ވިދާޅުވެފައިވާއިރު، ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ ޢަމަލުތައް ހިންގާކަން ބަޔާންކޮށް، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމްއިން ވަނީ ހަރުކަށި ފިކުރަކީ ކޮބާކަން ސިފަކޮށްދީފައެވެ.

އެގޮތުން، ”ހަރުކަށި ފިކުރަކީ“ އެތަނެއްގެ ސަގާފަތާއި ޒަމާންވީ އާދަކާދަތަކާއި ހަމަތަކާއި އުސޫލުތަކުގެ މައްޗަށް ބިނާވެގެންވާ ސާފު ސީދާ މަގުން އެއްކިބާވެ، އޮންނަ ގާނޫނާއި ގަވައިދުތަކާއި އުސޫލުތަކުގެ އިންތަކުން ބޭރުވެ ތިބެ، އެ ބައެއްގެ ފިކުރަށް ތަބާވާ މީހުން ފިޔަވައި އެހެން މުސްލިމުންނަކީ މުސްލިމް ބައެއް ނޫން ކަމަށް ބުނެ އެގޮތަށް ދައްކަން އުޅުން ކަމަށެވެ. އޭގެ އިތުރުން ރައްޔިތުންގެ މުދަލުން ވައްކަންކޮށް ނަހަމަގޮތުގައި ބޭނުންކުރުމާއި، ފޭރުން އެއީ ހުއްދަ ކަމެއް ކަމަށް ބުނެ އެކަމަށް ވަކާލާތު ކުރުމާއި މީސްތަކުންނަށް އިހާނެތިކޮށް ހިތައި އަނިޔާވެރިވެ މީހުންގެ ފުރާނަ އާއި މުދަލަށް ގެއްލުން ދިނުމަކީ ލާޒިމް ކަމެއް ކަން ދައްކުވައި އެކަންކަން ކުރުމަށް ހިތްވަރު ދިނުމަކީ ހަރުކަށި ވިސްނުންގެ ގޮތުގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: