ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތުގައި އޮތް ވޮލެޓު ފޭރިގަތުމަށްފަހު މީހަކަށް ހަމަލާ ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ކާނިވާ ސަރަހައްދުން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުންނަށް ޒަހަމްތަކާއި އެކު އޮތް މީހަކު ފެނުނީ ކާނިވާ ސަރަހައްދުންނެވެ. އަދި އޭނާ ވަނީ އައިޖީއެމްއެޗްއަށް އިތުރު ފަރުވާއަށް ގެންގޮސްފައެވެ.

އެ ހާދިސާއާއި ގުޅޭ މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ އެމީހާއަށް ހަމަލާ ދީފައި ވަނީ އަތުގައި އޮތް ވޮލެޓު ފޭރިގަތުމަށްފަހުގައި ކަމަށެވެ. ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން އަނިޔާވެފައިވަނީ އުމުރުން 31 އަހަރުގެ މީހަކަށެވެ. އަދި އޭނާގެ އަތުގެ ކުޑަ ހުޅުން 2 އިންޗި ފުންކޮށް ހަމަލާދީ ވަނީ ކަފާލާފައެވެ.

ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައިވާއިރު މިމަހުގެ ހަތަރުވަނަ ދުވަހު ހުޅުމާލޭގައި މީހަކަށް ވަޅިން ހަމަލާދީ މަރާލާފައި ވެއެވެ. އެ މީހާ މަރާާފައިވަނީ އޭނާގެ އަތުން ފޭރެން މަސައްކަތް ކުރި 21 އަހަރުގެ ޒުވާނެކެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: