ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކްސިޑެންޓުގައި ގެއްލުނު މީހާ އާއި ޑިންގީ އަދިވެސް ނުފެނޭ، އޮޕަރޭޝަން ހުއްޓައެއް ނުލަން: އެމްއެންޑީއެފް

އެކްސިޑެންޓުގައި ގެއްލުނު މީހާ އާއި ޑިންގީ އަދިވެސް ނުފެނޭ، އޮޕަރޭޝަން ހުއްޓައެއް ނުލަން: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯންޗެއްގައި ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން ގެއްލިގެން ހޯދަމުން އަންނަ މީހާ އާއި އޭނާ ދަތުރުކުރަމުންދިޔަ ޑިންގީ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ބ. ދަރަވަންދޫން ތިން މީހުންނާ އެކު މަސްވެރިކަމަށް ނުކުތް ޑިންގީ އަކާއި ބ. އޭދަފުށިން ދަރަވަންދު އަށް ދަތުރު ކުރަމުންދިޔަ ލޯންޗް ބ. ދޮންފަނު ކައިރިން ޖެހި ހިނގި އެކްސިޑެންޓުގައި ގެއްލުނީ ޑިންގީން ދަތުރުކުރި އޭދަފުށީ މުސްތަރީގޭ، ނަސްރުﷲ އަބްދުﷲ 41، އެވެ. ޑިންގީއިން ދަތުރުކުރީ ތިން މީހެކެވެ. އޭގެ ތެރެއިން ފެނިފައިވަނީ 42 އަހަރުގެ ދިވެހި ފިރިހެނަކާއި، 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ގެއްލުނު މީހާ ހޯދުމަށް ކުރަމުން އަަންނަ މަސައްކަތް ހުއްޓާލާފައިނުވާކަން ފާހަގަކޮށް އެމްއެންޑީއެފްއިން ވަނީ މިއަދުވެސް ކޯސްޓުގާޑުގެ ޑައިވަރުން ޑައިވް ކުރަމުން ދާ ކަމަށެވެ. އަދި ޑައިވިން ރޮބޮޓް ބޭނުން ކުރަމުންދާއިރު، ކަނޑުމަގުން ނަސްރުﷲ ހޯދުމުގެ މަސައްކަތުގައި ލޯންޗުތަކުގައި ހަރަކާތްތެރިވަމުން ދާ ކަމަށެވެ.

ގެއްލުނު މީހާ އާއި ޑިންގީ އަދިވެސް ނުފެނޭ، އޮޕަރޭޝަން ހުއްޓާނުލާ ކުރިޔަށްދަނީ – ފޮޓޯ: އެމްއެންޑީއެފް

ބ އަތޮޅުގެ ރަށްތަކާއި އަދި ކައިިރި ރިސޯޓުތައް ހިމެނޭހެން 15 އަށްވުރެ ގިނަ އުޅަނދުތައް ނަސްރުﷲ ހޯދުމުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެގޮތުން އިއްޔެއާއި ހަމައަށް ކަމާއި ބެހޭ އިދާރާތްތަކުން ވަނީ 120 ސްކޮއާ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައެވެ. ކްސިޑެންޓް ހިނގި ސަރަހައްދަކީ ދޮންފަނުގެ ހުޅަނގު ދެކުނުން އޮންނަ އަންގަ ފަރުކައިރިން ހިނގި އެކްސިޑެންޓެއްކަމަށް އެމްއެންޑީއެފްއިން ވަނީ ލަފާކޮށްފައެވެ. އެހެން ނަމަވެސް، އެކްސިޑެންޓް ހިނގި ސީދާ ސަރަހައްދު އަދި އެނގިފައި ނުވާތީ ގޮންޖެހުންތައް އަންނަ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެ ހާދިސާއާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރު ލެފްޓިނެންޓް ކާނަލް އަހުމަދު މުޖުތަބާ މުހައްމަދު ވިދާޅުވީ ސާޗް އޮޕަރޭޝަންގައި ފުލުހުންނާއި، އެ ސަރަހައްދުގެ ރިސޯޓުތައް ކަމަށްވާ ދުސިއްތާނީ، ކިހާ އަދި ދަރަވަންދޫ އާއި ކައިރިރަށްތަކުގެ ޑައިވަރުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަމަށެވެ.

މުޖްތަބާ ވިދާޅުވީ މިހާތަނަށް ކުރި ތަހުގީގުގަށް އެނގިފައިވާގޮތުން، ދެ އުޅަނދުވެސް އައީ ދުއްވަމުން ކަމަށެވެ. އެގޮތުން، ލޯންޗު އުތުރުން ދެކުނަށް ދުއްވަމުން އައިއިރު ޑިންގީ ދުއްވަމުން އައީ ދެކުނުން އުތުރަށް ކަހަލަ ގޮތަކަށް ކަމަށެވެ. އަދި ހާދިސާ ހިނގިއިރު ލޯންޗާއި ޑިންގީގައި ވެސް ނެވިގޭޝަން ލައިޓް ދިއްލާފައެވެ. އެހެން ނަމަވެސް، އޭގެ އިތުރު މައުލޫމާތުތައް އެނގިގެންދާނީ ފުލުހުން ކުރިޔަށް ގެންދާ ތަހުގީގަށްފަހުގައި ކަމަށް މުޖްތަބާ ވިދާޅުވިއެވެ.

ގެއްލުނު މީހާ އާއި ޑިންގީ އަދިވެސް ނުފެނޭ، އޮޕަރޭޝަން ހުއްޓާނުލާ ކުރިޔަށްދަނީ — ފޮޓޯ: އެމްއެންޑީއެފް

ވައިގެ މަގުންނާއި ރޮބެޓް ބޭނުންކޮށްގެން ސިފައިން އަންނަނީ ނަސްރުﷲ ހޯދަމުންނެވެ. އެކަމަކު މިހާތަނަށް އޭނާގެ އެއްވެސް ޚަބަރެއް ނުވެ އެވެ. އެކްސިޑެންޓު ހިނގިތާ ގިނަ އިރުތަކެއް ނުވެ ޑިންގީ ވަނީ ދެ ފަޅިވެ އަޑިއަށް ގޮސްފަ އެވެ. އެމްއެންޑީއެފްއިން ހާމަ ކުރިގޮތުން، ޑިންގީގައި ތިބި އަނެއް ދެ މީހުން ކަނޑުމަތީން ނަގާފައިވަނީ ލޯންޗުގައި ތިބި މީހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: