ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ހަތިޔާރު ތޫނުކޮށް“ މަގުމަތިން ސަރުކާރު ވައްޓާލުމަށް ދިއްދޫ ލަތީފް ގޮވާލުން: ސީރިއަސް މައްސަލައެއް!

ހަތިޔާރު ތޫނުކޮށްގެން ނިކުމެ ސަރުކާރު ވައްޓާލަން ގޮވާލުމުން ލަތީފަށް ފާޑު ކިޔުން
ޝެއާރކޮށްލާ ކަހަލަދޯ؟

”ހަތިޔާރު ތޫނުކޮށްގެން“ ސަރުކާރު ވައްޓާލުމަށް ރައްޔިތުން މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު ވިދާޅުވި ވާހަކައަށް ފާޑުކިޔުންތައް އަމާޒުވާން ފަށައިފިއެވެ.

މިދިޔަ ބުުރާސްފަތި ދުވަވަހުގެ ރޭ އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބޭއްވި ބައްދަލުވުމުގައި ލަތީފް ދެއްކެވި ވާހަކައިގެ ވީޑިއޯއެއް ސޯޝަލް މީޑީއާގައި ދަނީ ދައުރުވަމުންނެވެ. ޕީޕީއެމް، ޕީއެންސީއިން ޕާޓީގެ އޮފީހުގެ މީޓިން ރޫމްގައި ސިލްސިލާކޮށް ބާއްވަމުން ގެންދާ ބައްދަލުވުމުގައި ލަތީފް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ލަތީފް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެއްވެސް ހިންގުންތެރިކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ. ރައީސް ސޯލިހްއަކީ ނާގާބިލު ވެރިއެއްގެ ގޮތުގައި ސިފަކުރައްވާ ލަތީފް ވިދާޅުވީ މި ސަރުކާރު ”ކޮށައި ކުދިކޮށްގެން“ ވިޔަސް ވެރިކަން އަތުލާނެ ކަމަށެވެ. އެއަށްފަހު އޭނާ ވަނީ ރައްޔިތުން ”ހަތިޔާރު ތޫނުކޮށް“ ރައީސް ސޯލިހްގެ ވެރިކަން ވައްޓާލުމަށް ގޮވާލާފައެވެ.

ލަތީފް ވިދާޅުވީ މަގުމައްޗަށް ނުކުންނާނީ ކެރިގެން ކަމަށާއި، މަގުމައްޗަށް ނިކުންނާނީ ހަރިޔާރާއި އެކު ކަމަށެވެ. ލަތީފް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށާއި، އެކަން ކުރާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

”ލައްކަ ދުވަހު ތިބެވިއްޖެ. އަބަދު ތިބޭކަށް ނުޖެހޭ. އަޅުގަނޑުމެން ނިކުންނާނީ މަގުމައްޗަށް ކެރިގެން. ހިތްވަރާއި، ފަންވަރާއި ކެރިގެން ނިކުންނަނީ. ހަތިޔާރުތައް ތޫނުކޮށްގެން ނިކުންނާނީ. ހަތިޔާރު ހިފައިގެން ނިކުންނާނީ ސަރުކާރު ޖަވާބުދާރީ ކުރަން“ ލަތީފް އެރޭ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސައެއްގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ މި ސަރުކާރުގައި ހިންގުންތެރިކަމެއް އަދި ގާބިލުކަމެއް ވެސް ނެތް ކަމަށާއި އެކަން އެގޮތައް ވަނީ ނާގާބިލު ވެރިއަކާ ގައުމު ހަވާލު ކުރުމުން ކަމަށެވެ. އަދި ގައުމު އެފަދަ ބައެއްގެ އަތަށް ދީގެން އަބަދު ނުތިބޭނެ ކަމަށާއި ސަރުކާރު ”ކުދިކޮށް ކޮށައިގެން“ އަނބުރާ ހޯދާނެ ކަމަށް ލަތީފް ވިދާޅުވި އެވެ. އަދި ރައްޔިތުން ހަތިޔާރު ތޫނުކޮށްގެން ސަރުކާރު ވައްޓާލަން ނިކުންނަން ލަތީފް ގޮވާލި އެވެ. އެހެން ނަމަވެސް، އެއީ ”ގާނޫނުގެ“ ތެރެއިން ކުތެވިދާނެ ކަމެއްގެ ގޮތުގައި ވިދާޅުވެ ލަތީފް ވަނީ ހުރިހާ އެންމެންވެސް މަގުމައްޗަށް ނިކުތުމަށް ގޮވާލާފައެވެ.

https://twitter.com/thyyms/status/1212850385431322625?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1213082864905928709&ref_url=https%3A%2F%2Favas.mv%2F75877

ޕީޕީއެމް، ޕީއެންސީ އޮފީހުގައި ލަތީފް ދެއްކެވި ވާހަކަ ތަހުގީގު ކުރުމަށް އާއްމުންދަނީ ގޮވާލަމުންނެވެ. އަދި އެއީ ސަރުކާރު ވައްޓާލާނެ ކަމުގެ އިންޒާރެއް ކަމަށާއި، އެ މައްސަލަ ބެލެންޖެހޭނެ ކަމަށް ސަރުކާރުގެ މެމްބަރުންވެސް ވަނީ ވިދާޅުވެފައެވެ. ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލާނެ ކަމުގެ އިންޒާރު ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ. އަދި ލަތީފް ހައްޔަރު ކުރުމަށާއި ވަގުތުން ފިޔަވަޅު އެޅުމަށް ބައެއް މީހުން ގޮވާލާފައި ވެ އެވެ.

ސަރުކާރަށް ފާޑުކިޔުމް އަމާޒުކޮށް ލަތީފް ވިދާޅުވީ، ކަކުނި ބޮލެއްގެ ވެސް ހުންނަނީ ތޮށިގަނޑު އެކަނިކަމަށް، އަދި އެެއީ ސަރުކާރުގެ މިސާލުކަމަށެވެ. އަދި ވިދާޅުވީ ގައުމު މިއޮތީ އަނދިރިކަމެއްގެ ތެރޭގައިކަމަށެވެ. 32 ބިލިއަންގެ ބޮޑު ބަޖެޓެއް ހުސްވެގެން ދިޔަގޮތް އެނގޭ އެއްވެސް ދިވެހި ރައްޔިތެއް ނެތްކަމަށާއި، އެ ބޮޑު ބަޖެޓު ހުސްވެގެން ދިޔައިރު ”ވީކަމެއް، ލީ ރަނގަޅު ރަހައެއްވެސް ނެތް“ ކަމަށް އޭނާ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް އިޝާރާތް ކުރައްވާ ލަތީފް ވިދާޅުވީ މި އަނދިރިކަން ފިލުވާލެވޭނީ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިބު ކާމިޔާބު ކުރެވިގެންކަމަށެވެ. މީގެ އިތުރުން ލަތީފް ވިދާޅުވީ ގައުމަށް ހެޔޮ ބަދަލެއް ގެންނާނެ ވެރިއެއް މިއަދު ނެތްކަމަށެވެ. މިތިބީ މާޔޫސްކަމެއްގެ ތެރޭގައި ކަމަށާއި، މި ސަރުކާރުން ރައްޔިތުންނަށް ޖައްސާ ތުރާލާއި ޖެއްސުމުން ސަލާމަތްކޮށްދެވޭނީ ހަމައެކަނި ރައީސް ޔާމީނަށް ކަމަށް ލަތީފް ވިދާޅުވިއެވެ.

ވަނަ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ލަތީފްއަކީ ރައީސް ޔާމީން، ރައްޔިތުންގެ މަޖިލީސް ކޮންޓްރޯލް ކުރައްވާ ކަމުގެ ތުހުމަތާ އެކު އެމަނިކުފާނާ ދެކޮޅަށް ނުކުމެވަޑައިގެން އޭރުގެ އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ފެއްޓެވެމުން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންގެ ތެރެގައި ހިމެނޭ މެމްބަރެކެވެ. އޭރު ލަތީފްއަށް މަޖިލީހަށް ނުވަދެވި ދޮޅު އަހަރެއްހާ ދުވަސްވަންދެން އުޅުއްވަންޖެހުނެވެ. އެހެން ނަމަވެސް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިތުރު ދައުރަކަށް އޭނާ ކުރިމަތިލުމުންވެސް ވަނީ ނާކާމިޔާބު ވެ ވަޑައިގެންފައެވެ. ގިނަ ދުވަސްތަކަށް ފަހު ލަތީފް އަޑު ނީވި ދިޔަނަމަވެސް އޭނާ ކުއްލި ގޮތަކަށް ފެނިގެން ދިޔައީ ޕްރޮގްރެސިވް ކޯލިޝަންއިން މިދިޔަ މަހު ބޭއްވި ”ކޮބާ ނުވިއެއް ނު“ ޖަލްސާގެ ތެރެއިންނެވެ.

އެރޭގެ ޖަލްސާގައި ވެސް ރައީސް ޔާމީނަށް ތައުރީފް ކުރައްވާ ލަތީފް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: