ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް އެއްވެސް ރިސޯޓަކުން ފައިސާއެއް ހޯދާކަށް ނޫޅެން: ލޭބަރ ޕާޓީ

ލޭބަރ ޕާޓީގެ ޗެއަރޕަރސަން އަހުމަދު ޝިހާމް: ފޮޓޯ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

 ޓޫރިޒަމް އެމްޕްލޯއިމެންޓް އެސޯސިއޭޝަން (ޓީމް) އާއި ޓޫރިޒަމް އެމްޕްލޯއިމެންޓް އެސޯސިއޭޝަން (ލޭބާ ޕާޓީ) ބޭނުން ވަނީ ކޮންމެ ރިސޯޓެއްގެ މެނޭޖްމެންޓުން އެ މީހުންނަށް ވަކި ވަރަކަށް ފައިސާ ދޭންކަމަށް ބުނެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ހެއްދެވީ އިތުރުފުޅެއްކަމަށް ލޭބަރ ޕާޓީން ބުނެފިއެވެ.

ސަންގުޓީވީއަށް މައުލޫމާތު ދެއްވަމުން ލޭބަރ ޕާޓީގެ ޗެއަރޕަރސަން އަހުމަދު ޝިހާމް ވިދާޅުވީ އެއީ މިނިސްޓަރ ވަރަށް ޒިންމާދާރުކަން ކުޑަކޮށްދެއްކެވި ވާހަކައެއްކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓްރީ މެދުވެރިވެގެން އެއްވެސް ފައިސާއެއް ހޯއްދަވަން މަސައްކަތް ނުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ ސަރވިސް ޗަރޖްގެ މައްސަލައިގައި އެކަށީގެންވާ ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާކަން ހާމަކުރައްވާފައެވެ. އަދި ޗަންދާއެއް ނަގަން ނިންމީ ޓީމްގެ މެމްބަރުންގެ އަތުންއެކަނިކަން އޭނާ ފާހަގަކުރެއްވިއެވެ.

ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފައްދައިގެން އުޅެނީ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަންސް އޮފް މޯލްޑިވްސް (ޓީމް) އަޑީގައި އޮވެގެން ކަމަށާއި އެއީ އޭނާ މެދުވެރިވެގެން، އެ ޖަމިއްޔާ އަށް ހުރިހާ ރިސޯޓަކުން ފައިސާ ލިބޭނެ މަގުފަހިކޮށް ނުދެއްވައިގެން ކަމަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.
އެކަމާއި ގުޅިގެން ޓީމް އިން ބުނީ އެޖަމިއްޔާ އަކީ ޓްރޭޑް ޔޫނިއަނެއް ކަމަށާއި ޔޫނިއަން ހިންގަން ބޭނުންވާ ފަންޑު ހޯދަނީ މެންބަރުންގެ އަތުން ޗަންދާ ނަގައިގެން ކަމަށެވެ. މިހާރުވެސް ޓީމް އަށް ޗަންދާ ދައްކާ އެތައް ރިސޯޓެއްގެ އެތައް މުވައްޒަފުންނެއް އެބަތިބި ކަމަށް އެޖަމްޢިއްޔާވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: