ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ރާއްޖޭގެ ތިން ސިޓީއަކަށް!

މުފްތީ މެންކް ރާއްޖެ ވަޑައިގެން ތިން ސިޓީއެއްގައި ދަރުސް ދެއްވާ ގޮތަށް ހަމަޖެހިއްޖެ
ޝެއާރކޮށްލާ ކަހަލަދޯ؟

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއީލް މެންކް ރާއްޖެ ވަޑައިގެން ތިން ސިޓީއެއްގައި ދަރުސް ދެއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ޒިމްބާބްވޭއަށް އުފަން މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ މި ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ކަމަށެވެ. އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މުފްތީ މެންކް ރާއްޖެއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލާނީ މި މަހުގެ 18 ވަނަ ދުވަހުގަ އެވެ.

މުފްތީ މެންކް އަންނަ ހަފުތާގައި ރާއްޖެ ވަޑައިގަންނަވާއިރު، 17 ވާ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ޚުތުބާ ދެއްވާނީ މުފްތީ މެންކް އެވެ. މެންކް ޚުތުބާ ދެއްވުމަށް ހަމަޖެހިފައި ވަނީ އިނގެރޭސި ބަހުން ނެވެ.

މުފްތީ މެންކުގެ މި ދަތުރުފުޅުގައި މާލެ ސިޓީގެ އިތުރުން އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގައި ދީނީ ދަރުސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޒުވާނުނުންނަށާއި ދީނީ އިލްމުވެރިންނަށް ހާއްސަ ޕްރޮގްރާމްތެއް ވެސް ކުރިއަށް ގެންދާނެ އެވެ. މުފްތީ މެންކު ވަނީ މިދިޔަ އަހަރުގެ މެއި މަހު ވެސް ރާއްޖެ ވަޑައިގެން އައްޑޫ ސިޓީގައި ދީނީ ދަރުހެއް ދެއްވައިފަ އެވެ. އޭގެ ކުރިން ވެސް އެކި ފަހަރު މަތިން އޭނާ ވަނީ ރާއްޖެ ވަޑައިގެން ދީނީ ދަރުސްތަކެއް ދެއްވައިފަ އެވެ.

އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން ޝަރީއާ ލޯއިން ޑިގްރީއެއް ހާސިލްކުރައްވައިގެން ހުންނެވި ޝެއިހް މުފްތީ ވަނީ 2015 ވަނަ އަހަރާއި 2018 އަދި 2016 ގައި ރާއްޖެ ވަޑައިގެން ދަރުސް ދެއްވާ އިސްލާމީ މަރުކަޒުގައި އިމާމުވެ ނަމާދު ކުރައްވާފައެވެ.

އިރުމަތީ އެފްރިކާ އަދި އެނޫން ސަރަހައްދުތަކުގެ ގައުމުތަކުގައިވެސް ގިނަ ތަގުރީރުތަކެއް ދެއްވަމުން ގެންދަވާ ޝެއިޚް މުފްތީ އަކީ ޒިމްބާބުވޭގެ މުސްލިމު އާބާދީއަށް އިސްލާމީ ތައުލީމު ފޯރުކޮށްދޭ މަޖްލީސުއް އުލަމާގެ ދަށުން ހިންގަމުން އަންނަ އިސްލާމީ އެޑިއުކޭޝަން ސެންޓަރު ނުވަތަ ދާރުލް އިލްމުގެ ޑިރެކްޓަރެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: