ރައީސުލްޖުމްހޫރީއް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ޢަމަލުތައް ހުރި ދިވެހިރާއްޖޭގެ އިޤްތިޞާދު އަދަވަޅަކަށް ވެއްޓި، ރައްޔިތުންގެ ޖީބު ހުސްވާ ގޮތަށް ކަމަށް ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއަށް ދާއިމީ މެނޭޖިންގ ޑައިރެކްޓަރެއް ހަމަޖއްސާފައި ނުވާތީ އެކަމަށް ފާޑުވިދާޅުވެ ޑޜ ޖަމީލް ކުރެެއްވި ޓުވީޓްތަކެއްގައި ވިދާޅުވީ ބޮޑެތި ޒިންމާތަކެއް އަދާކުރަންޖެހިފައިވާ ކުންފުނީގައި އަދިވެސް ދާއިމީ އެމްޑީއެއް ނެތް ކަމަށާއި މުޅިންވެސް އަމަލުތައް ހުރީ އިޤްތިޞާދު އަދަވަޅަކަށް ވެއްޓި، ރައްޔިތުންގެ ޖީބު ހުސްވާ ގޮތަށް ކަމަށެވެ.
މީގެއިތުރުން ޑރ ޖަމީލް ވިދާޅުވީ އަހަރެއް ވެގެންދިޔައިރުވެސް ސީޕްލޭން ޓާމިނަލްއަށް ހަދާނެ ގޮތެއް ނޭނގުނު ކަމަށާއި މިވަރު ކަމެއް ނިންމަން ނޭނގުނުއިރު އިޤްތިޞާދީ ބޮޑެތި ނިންމުންތައް ނިންމާނީ ކިހިނެއްތޯ ވިދާޅުވެ ޖަމީލް ވަނީ ސުވާލު އުފައްދދަވާފައެވެ. އަދި ވިދާޅުވީ އާ ޕެސެންޖަރ ޓާމިނަލް ލަސްވުމުގެ ނޭދެވޭ އަސަރުވެސް ފަތުރުވެރިކަމަށް ހީނުކުރާ ވަރަށ އަސަރުކުރާނެ ކަމަށެވެ.
https://twitter.com/MJameelAhmed/status/1213704149079977984https://twitter.com/MJameelAhmed/status/1213704250175315974
ޑރ ޖަމީލް މިފަދަ ގޮތަށް ޓުވީޓް ކުރައްވައި ސަރުކާރަށް ފާޑުވިދާޅުވެފައިވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރިއަސް ގެންދާ މަޝްރޫޢުތައް ލަސްވަމުން ދާތީ ގިނަބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
މީގެއިތުރުން ކުރީގެ ރައީސް އަބްދިﷲ ޔާމީމްހެ ސަރުކާރުގައި ހެދި ރަންވޭ ނުހުޅުވި ލަސްވަމުން ދާތީ ރަންވާގެ ޖާގައިގެ ދަތިކަން ބޮޑުވެ ގިނަ ފްލައިޓުތަކެއް ޑިލޭވެ ކެންސަލް ވަމުންދާ މައްސަލައޮގައި ފަތުރުވެރި ކަމުގެ ދާއިރާގައި މަސައްކަތް ކުރާ ގިނަބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

