ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ އަހަރު އެކަނިވެސް 10 ބިލިއަން ރުފިޔާ ތެލަށް ހަރަދު ވެގެންދިޔަ: ޠާރިޤް

އެންވައިރޮމެންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް --- ފޮޓޯ | ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރު އެކަނިވެސް ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް 10 ބިލިއަން ރުފިޔާ ހަރަދުވެގެން ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަކަތައިގެ ދާއިރާއާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ޠާރިޤް ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަކީ ހަކަތައިގެ ދާއިރާއިން ތެލަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެކެވެ. މިދިޔަ އަހަރު ތެޔޮ އެތެރެކުރުމަށް ހޭދަކުރި 10 ބިލިއަން ރުފިޔާއަކީ ބޭރު ފައިސާއަށް ބަދަލުކޮށްގެން ކުރި ހޭދައެއް ކަމަށާއި، މިއީ ރާއްޖޭގެ ޖީޑީޕީގެ 10 އިންސައްތަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ހަކަތައިގެ ހާލަތަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް މައިގަނޑު ގޮތެއްގައި ކަރަންޓު އުފައްދަނީ ޖަނެރޭޓަރު ބޭނުންކޮށްގެން ކަމަށެވެ. އަދި ރިސޯޓުތަކުގައިވެސް ކަރަންޓު އުފެއްދުމަށް ބޭނުންކުރަނީ ތެޔޮ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މީހުން ދިރިއުޅޭ ރަށްރަށުގައި 310 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން (އިންސްޓޯލްޑް ކެޕޭސިޓީ) އެބަހުއްޓެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ މާލެ ސަރަހައްދުގައި ހުރި ކެޕޭސިޓީއެވެ. އަދި ރިސޯޓުތަކުގައި މިވަގުތު 30 މެގަވޮޓް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޠާރިޤް އިތުރަށް ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށަށް ކަރަންޓު ފޯރުކޮށްދިނުމަށް ދުވާލަކު 7,965 ފީފާ ޑީސަލް ބޭނުންވާ ކަމަށެވެ. މިއީ އަހަރެއްގެ މައްޗަށް ބަލާއިރު 2.9 މިލިއަން ފީފާގެ ޑީސަލް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ހާލަތު ބަދަލުކޮށް، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން ހަކަތައިގެ ސިޔާސަތުތަކާއި އިސްތިރާޖީތައް ހާސިލްކުރުމަށް ކުރެވޭ މަސައްކަތްތައްވެސް މިނިސްޓަރު ވަނީ ހިއްސާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: