ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޝަނަރ އޮފް ޕްރިޒަންސް މުނާޒް މަގާމުން ވަކިކޮށްފި

ކޮމިޝަނަރ އޮފް ޕްރިޒަންސް މުނާޒް މަގާމުން ވަކިކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަލުތައް ބެލެހެއްޓުމުގެ ކަންކަމާއި ހަވާލުވެ ހުންނަވާ ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މަގާމުން ވަކިކޮށްފިއެވެ.

މުނާޒް ވަކި ކުރުމާއި ގުޅޭގޮތުން ރައީސް އޮފީހުން ބުނީ، އޭނާ މަގާމުން ވަކި ކުރީ ކަރެކްޝަންސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކަމަށެވެ. ސީޕީގެ މަގާމުން މުނާޒް ވަކިކޮށްފައި މިވަނީ ޖަލުތަކުގެ ހާލަތު ދަށްވެ، ޖަލާމެދު ކަންބޮޑުވުންތައް އިތުރުވެ މުނާޒްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކޮށް މިއަދު މުނާޒަށް ފޮނުވާފައިވާ ސިޓީގައި، ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމުން އަބްދުﷲ މުނާޒް ވަކިކުރައްވާފައިވާ ކަމަށް ދަންނަވަން ރައީސް ވިދާޅުވި ކަމަށެވެ. 2018 ވަނަ އަހަރު ޑިސެމްބަރު މަހު ކޮމިޝަނާ އޮފް ޕްރިޒަންގެ މަގާމަށް މުނާޒް އައްޔަން ކުރެވުނު ފަހުން ކަރެކްޝަންސްގެ ފަރާތުން ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލްވުންވެސް ބޭއްވީ ޖަލުގައި މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: