ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޮނުޒިޔާރަށް ކޮޅުގައި ހަދާ ޕާކުގެ ޙަގީގަތެއް ނޭގޭ: ނިޔާ

ސިޓީ ކައުންސިލް ހެންވޭރު ދާއިރާގެ މެމްބަރު ނިޔާޒް--
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ އިރު ދެކުނު ފަރާތުގައި ތަރައްޤީ ކުރަމުން އަންނަ ޕާކުގެ ޙަގީގަތް އެގިވަޑައިނުގަންނަވާ ކަމަށް މެދު ހެންވޭރު ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު ނިޔާޒް ވިދާޅުވެއްޖެއެވެ.

ރޭ ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ ލޮނުޒިޔާރަށް ކޮޅުގައި ތަރައްޤީ ކުރަމުން އަންނަ ޕާކަކީ އެކަންކުރުމަށް ސިޓީ ކައުންސިލުން ފާސްކޮށް އަދި ބަޖެޓެއްވެސް އެކުލަވާލައިގެން ކުރަމުން އަންނަ މަސައްކަތެއް ނޫން ކަމަށެވެ. ނިޔާޒް ވިދާޅުވީ އެންމެ ފުރަތަމަ އެވާހަކަ ދެކެވުމުން އެކަމާއި ދެކޮޅު ހެއްދެވި ކަމަށެވެ. އެކަމާއި ދެކޮޅު ހައްދަވަން ޖެހިވަޑައިގަތީ އެ މަސައްކަތުގެ މައުލޫމާތާއި އިތުރުކަންކަން ސާފުވެފައި ނުވާތީ ކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.

”ސިޓީ ކައުންސިލަށް ފުރަތަމަ ލިބުނީ އެތަން ސާފުކުރަން، އެކަން ކުރެވޭނެ ކެޕޭސިޓީ ކައުންސިލްގައި ހުރި، އެތަނުގައި ޕާކެއް ހަދާ ވާހަކަ ދެކެވޭ އަބަދުވެސް ސިޓީ ކައުންސިލް ތެރޭގައި، ކޮންބަޔެއް ހަދާތަނެއް ކަމެއް ނޭނގެ، އެ ޕާކަކީ ސިޓީ ކައުންސިލުން ހަދާ ޕާކަކަށް ބަދަލުވި އިރަކާއި، އެތަނަށް ލިބުނީ ކިހާވަރެއްގެ ބަޖެޓެއްކަން އަދިވެސް އަޅުގަނޑަކަށް ސާފެއް ނުވޭ، އަދިވެސް ރަސްމީ ސިފައެއްގައި ތިކަންކަމެއް ސިޓީ ކައުންސިލަކަށް ސާފެއް ނުވޭ“ ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ ކައުންސިލުގައި ދިމާވާ އެންމެބޮޑު މައްސަލައަކީ އިސްކޮށް ތިއްބަވާ ވެރިންނަށް ޓީމެއް ގޮވައިގެން އުޅެން ނޭންގުން ކަމަށެވެ. ސިޓީ ކައުންސިލުން ކަންކަން ކުރަންޖެހޭނީ ކައުންސިލް ބައްދަލުވުންތަކުން ފާސްކޮށްގެން ކަމަށާއި ލާމަރުކަޒީ ޤާނޫނުގައިވެސް ބުނަނީ އެގޮތަށް ކަމަށެވެ. ކޮންމެ ކައުންސިލަރަކީވެސް ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ބަޔަކަށްވާއިރު، ކައުންސިލުން ނިންމާ ކަންކަން ކައުންސިލަރުންނަށް ސިއްރުވުމަކީ ބޮޑު ގޯހެއް ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ ރައްޔިތުން ބޭނުންވާ ވަރަށް ސިޓީ ކައުންސިލަށް ކަންތައްތައް ނުކުރެވެނީ ކައުންސިލް ހިންގެވުމަށް އެންމެ އިސްކޮށް ތިއްބެވި ބޭފުޅުންގެ ސަބަބުން ކަމަށެވެ. ކައުންސިލް ހިންގެވުމުގައި އިސްކޮށްތިއްބަވަނީ، މޭޔަރާއި ޑެޕިއުޓީ މޭޔަރެވެ.

ނިޔާޒް ވިދާޅުވީ މާލޭ ސިޓީއަށް މިހާރުވެސް ފަންސަވީހަކަށް އާންމު ގަވައިދު ހަދަންޖެހިފައިވާ ކަމަށެވެ. އަދި ދައުރެއް ނިމިގެންދާއިރު އޭގެ ތެރެއިން ނިންމިލެވިފައިވަނީ އެންމެ ހަ ގަވައިދު ކަމަށް ނިޔާޒް ވިދާޅުވިއެވެ. މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާ ލުމަކީ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެއް ކަމަށާއި، ނަމަވެސް އެ ދަފްތަރު އެކުލަވާލުމަށް ދާލުގައި އަބަފިލިވެސް ޖަހާނުލެވޭ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ ޚިޔާލު ތަފާތުވާ ކަންކަމުގައި މޭޔަރާއި ޑެޕިއުޓީ މޭރަށް ފާޑު ކިޔުމަކީ ޒާތީވުމެއް ނޫން ކަމަށެވެ. ކައުންސިލާ ގުޅުން ހުރި ކޮރަޕްޝަނުގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމުން އެކަމާ އެއްޗެއް ބުނުމުން އެވެސް ވަނީ ޒާތީ ގޮތުން ޖައްސާލުން ކަމަށް ނިޔާޒް ވިދާޅުވިއެވެ. އެކަމަކު ފެންނަނީ ކޮރަޕްޝަނުގެ ކަންކަން ހުށަހެޅުމުން އެކަމާއި ކަންބޮޑުވެގެން ފައިލްތައް ހިފައިގެން އޭސީސީ ކައުންސިލް އިސްބޭފުޅުން ދުވާތަން ކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.

”އަޅުގަނޑަކީ ބިޑު ކޮމިޓީގެ މުޤައްރިރު، ތިތަނަށް ލިބުނު ބެޓެއްވެސް އަޅުގަނޑަކަށް ނޭގޭ އަދި ތިތަނަށް ބަޓެއް ލިބުނު ކަމެއްވެސް، ލިބުނީ ކިހާވަރެއްގެ ބަޖެޓެއް ކަމެއްވެސް، ޚަރަދުވާ ވަރެއް ޚަރަދުކުރާ އުސޫލެއްވެސް އަޅުގަނޑަކަށް ނޭގެ، އަޅުގަނޑަށްވެސް ފޯމެއް ލިބިފަ އޮތީމަ ބަލާއިރު އޮތް ހައެއް މިލިއަން ރުފިޔާ ހުސްވި ވާހަކައަކާއި ކަންކަން، އެކަމަކު އެދާ ގޮތެއް ނޭގެ، ކައުންސިލުން ކުރާ ކަންކަމޭ ކިޔާފައި އަންނަ ސިޓީތަކާއި ލިޔުންތައް ފެނޭ، އެކަމަކު އެއީ ކިހިނެއް ކޮންތަކުން ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެއްކަން އެއް ގޮތަކަށްވެސް ސާފެއް ނުވޭ ނިޔާ ވިދާޅުވިއެވެ.

މިހާރު ސިޓީ ކައުންސިލްގައި ހެންވޭރު މެދު ދާއިރާ ތަމްސީލް ކުރައްވާ ނިޔާޒް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރަކަށް ކުރިމަތި ލެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ވަނީ ނިންމަވާފައެވެ. ނިޔާ ވިދާޅުވި ގޮތުގައި މޭޔަރަކަށް ނުކުންނަވަނީ، ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކު ދިރިއުޅޭ މާލެ އަށް ބަދަލުތަކެއް ބޭނުންވެފައި ވާތީއެވެ. ދެ ދައުރުގެ ތަޖުރިބާ އިން، މާލޭ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކާއި އަވަސް ހައްލު ބޭނުންވާ މައްސަލަތައް ވަރަށް ސާފު ކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: