ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަންސިލްތަކަށް ދިނުމަށް ނިންމާފައިވާ 1.6 ބިލިއަން ރުފިޔާގެ ތެރެއިން 134 މިލިއަން ރުފިޔާ ޖަމާކޮށްދީފި

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކަންސިލްތަކަށް ދިނުމަށް ނިންމާފައިވާ 1.6 ބިލިއަން ރުފިޔާގެ ތެރެއިން 134 މިލިއަން ރުފިޔާ ކައުންސިލްތަކަށް ޖަމާކޮށްފައިވާ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީން ބުނެފިއެވެ. 

އެލްޖީއޭގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވިޓެއްގައި ބުނީ ދައުލަތުން ކައުންސިލްތަކަށް ދޭ އަންމު ހިލޭ އެހީގެ ގޮތުގައި ދެވޭ ފުރަތަމަ ޕޭމަންޓުގެ ގޮތުގައި 134،584،205 ރުފިޔާ ޖަމާކޮށްދީފައިވާނެ ކަމަށެވެ.

ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދިނުމަށް މިއަހަރަށް ފާސްކުރި ބަޖެޓުގައި ހިމަނާފައިވާއިރު، މި ބަދަލާއެކު ރަށު ކައުންސިލްތަކަށް ލިބޭ ފައިސާ ވަނީ 148 ޕަސެންޓަށް އިތުރުވެފައެވެ. އަދި އަތޮޅު ކައުންސިލްތަކަށް ލިބޭ ފައިސާ 155 ޕަސެންޓަށް އަދި ސިޓީ ކައުންސިލްތަކަށް ލިބޭ ފައިސާ އެވްރެޖްކޮށް 433 ޕަސެންޓަށް ވަނީ އިތުރުވެފައެވެ.

ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާއިރު ފަސް މިލިއަން ރުފިޔާ އަށް ވުރެ ކުޑަ މަޝްރޫއުތައް ހިންގުމުގައި ބަޖެޓާއި މަޝްރޫއުގެ ޕްލޭންތައް ކައުންސިލްތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަން ލާޒިމްކުރެ އެވެ. އަދި ފަސް މިލިއަން ރުފިޔާ އަށް ވުރެ ބޮޑެތި މަޝްރޫއުތައް ކައުންސިލްތަކާ ހަވާލު ކުރުމުގެ ފުރުސަތު ވެސް ލިބެ އެވެ.

މީގެ އިތުރުން، ސަރުކާރުން ކަނޑައަޅާ ފޯމިއުލާއެއް ބޭނުންކޮށްގެން ދައުލަތުގެ އެ އަހަރެއްގެ އާމްދަނީން މަދުވެގެން ފަސް ޕަސެންޓަށް ވާ ފައިސާ ހުރިހާ ކައުންސިލްތަކަށް ދޫކުރަން ވަނީ ނިންމާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: