އެން ހިފަން މޫދަށް ފޭބި މަސްވެރިއެއްގެ ކަރަށް ތޮޅިއެއް ހެރިގެން ފަރުވާދެން ފަށައިފި އެވެ.
މި ހާދިސާގައި އަނިޔާވީ ވ. އަތޮޅުން އެން ހިފަން މޫދަށް ފައިބައިގެން އުޅުނު ލ. ގަމު ”ނިއުމަތް“ ދޯނީގެ މަސްވެރިއެއް ކަމަށްވާ އާދަމް ނަސީރުގެ ކަރަށެވެ.
ކަރަށް ތޮޅިއެއް ހެރި އެމަޖެންސީގައި މާލެ ގެނެސް އޭނާއަށް ފަރުވާދޭން ފަށާފައިވާއިރު، ކަރަށް ހެރުނު ތޮޅި މިހާރު ވަނީ ނައްޓާލާފަ އެވެ
އޭނާ އަސް ފަރުވާދެމުންދަނީ އައިޖީއެމްއެޗްގެ އެމްޖެންސީގައެވެ..
މި ހާދިސާ ހިނގާފައި ވަނީ މިއަދު ފަތިހު 5.00 ހާއިރު އެވެ. ނަމަވެސް ވ. އަތޮޅުގައި ސީ އެމްބިއުލެންސް އެއް ނެތުމުން، އަނިޔާ ލިބުނު މީހާ މާލެ ގެނެވުނީ ވ. ފުލިދޫ ހެލްތް ފޯސްޓްގައި ބޭއްވުމަށްފަހު، އެމްއެންޑީއެފްގެ އެހީތެރިކަމާއެކު މިއަދު މެންދުރު 12:00 ޖެހި ފަހުންނެވެ
https://twitter.com/M_Adhuham/status/1221713819702968322
ވ އަތޮޅަކީ މި ދުވަސްވަރު ދެކުނުގެ ހުރިހާ ރަށަކަށް ނިސްބަތްވާ މަސްދޯނިތަކުން އެން ހިފަންދާ އަތޮޅެކެވެ. މަސްވެރިއަކަށް ކަމެއް ދިމާވެގެން އަވަސް ފަރުވާއަށް މާލެ ގެނެވޭނެ ގޮތެއް ނެތުމުން މަސްވެރިން މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
.

