ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރު ފައްޔާޒް ވިދާޅުވަނީ 7 ފެބްރުއަރީއަކީ ލިބުނު ނިއުމަތެއް ކަމަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ދެހާސް އަށްވަނަ އަހަރު އުފެދިގެން އައި އެމްޑީޕީގެ ވެރިކަން، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ބަދަލުވުމަކީ ލިބުނު ވަރަށް ބޮޑު ނިއުމަތެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމަށް ގދ.އަތޮޅުގައި ބޭއްވި ”ރަށްވެހި ފަތިސް“ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ އިންސާނުންނަށް އެކިއެކި ގޮތްގޮތަށް، އެކި އެކި އިމްތިހާންތައް ކުރިމަތި ކުރައްވާ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ އިމްތިހާންތަކާއި އެއްގޮތަށް އެކި އެކި ނިއުމަތްތައް ވެސްކުރިމަތި ކުރައްވާ ކަމަށާއި އެ އިމްތިހާންތަކާއި ނިއުމަތްތަކަކީ ހީނުކުރާ ފަދަ ގޮތްތަކަށް އަންނަ ކަންކަމަށް ވެދާނެ ކަމަށެވެ.

އެގޮތުން 2012 ވަނަ އަހަރު ފެބްރުއަރީ ދުވަހުގެ 7 ވަނަ ދުވަހު ހިނގައި ދިޔަ ކަންކަމަކީ ދިމާވި ވަރަށް ބޮޑު ނިއުމަތެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

”އާދެ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ﷲ ސުބުހާނަހޫ ވަތައާލާ އަޅުގަނޑުމެންނަށް އެކިއެކި ގޮތްގޮތަށް، އެކި އެކި އިމްތިހާންތައް ކުރިމަތި ކުރައްވާ، ހަމަ އެފަދައިން އެކި އެކި ނިއުމަތްތައް ވެސް އަޅުގަނޑުމެންނާއި ކުރިމަތި ކުރައްވާ، އަޅުގަނޑު ދެކޭ ގޮތުގައި، 2012 ވަނަ އަހަރު ފެބްރުއަރީ ދުވަހުގެ 7 ވަނަ ދުވަހު ހިނގައި ދިޔަ ކަންކަމަކީ މިއަދު އަޅުގަނޑުމެން ފަހަތަށް ޖެހިލައިފި ނަމަ އަޅުގަނޑުމެންނަށް ދިމާވި ވަރަށް ބޮޑު ނިއުމަތެއް.“ ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް އައުމަކީ ވެސް ލިބުނު ނިއުމަތެއް ކަމަށެވެ. އެކަމުގެ ސަބަބުން އަނިޔާވެރިވުމަކީ ކޮބައިކަން މިދިޔަ އަހަރުތަކުގައި ވަރަށް ސާފުކޮށް ފެނިގެން ހިނގައްޖެ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި އަހަރެއްވީއިރު ރައީސް ޔާމީންގެ ވެރިކަމުގައި ދިމާވި ބިރުވެރިކަމާއި އަނިޔާ ހަނދާން ނެތިއްޖެއެވެ. ނަމަވެސް އެ ދުވަސްތައް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމް ޚަރާބުކޮށްލުމުގެ ޒިންމާ ނަގަންޖެހޭނީ ނިމިދިޔަ ސަރުކާރުން ކަމަށެވެ. އެމްޑީޕީއިން ވެރިކަން ކުރަން ބޭނުން ވަނީ ބާރުތައް ޖަމާކޮށްގެން ނޫން ކަމަށާއި، އެމްޑީޕީގެ ބާރަކީ ރައްޔިތުންގެ ލޯތްބާއި ރުހުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: