ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުރޭ ދަރިފުޅުގެ އައިނަށް އެމްބަސީގެ ބަޖެޓުން 72 ހާސް ރުފިޔާ!

ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިފުޅު ފައިސަލް އިބްރާހިމްގެ އައިނު ހެއްދުމަށް މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީގެ ބަޖެޓުން ހަތްދިހަ ހާހަށްވުރެ ބޮޑު އަދަދެއް ޚަރަދު ކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ބުނެފި އެވެ.

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިއަދު އާންމު ކުރެއްވި، ފޮރިން މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ފައިސަލް މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި މަސައްކަތް ކުރެއްވި ދުވަސްވަރު، އޭނާ އާއި އަނބިކަނބަލުންގެ އައިނު ހެއްދުމަށް 72،438ރ. ވަނީ އެމްބަސީގެ ބަޖެޓުން ހޭދަކޮށްފައެވެ.

އޮޑިޓަރ ޖެނެރަލް ފާހަގަ ކުރައްވާފައިވާ ގޮތުގައި މެލޭޝިއާ އެމްބަސީގައި މަސައްކަތް ކުރާ މުވައްޒަފުން އެ ގައުމުގެ އިންޝުއަރެންސް ސްކީމްގައި ބައިވެރި ކޮށްފައިވެއެވެ. ނަމަވެސް އެ ސްކީމްގެ ބޭރުން ހޯދާފައިވާ ޚިދުމަތްތަކަށް އެމްބަސީގެ ބަޖެޓުން ޚަރަދު ކޮށްފައިވާ ކަމަށް ރިޕޯޓްގައިވެއެވެ.

އެމްބަސީގެ ފައިސާ އިން އަމިއްލަ ކަމަކަށް ޚަރަދު ކުރެއްވިއިރު، ފައިސަލް ހުންނެވީ މިނިސްޓާ-ކައުންސެލާގެ މަގާމުގައެވެ. އޮޑިޓް ރިޕޯޓުގައިވާ ގޮތުން ފައިސަލާއި އަނބިކަނބަލުން 72،438ރ. ޤަވައިދާ ޚިލާފަށް ޚަރަދު ކުރައްވާފައިވަނީ ޕްރާޑާ ބްރޭންޑްގެ އައިނެއް ހެއްދުމަށެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓްގައި މިނިސްޓާ-ކައުންސެލާގެ މަގާމުގައި ހުންނެވި އެ ބޭފުޅެއް ނަން ރިޕޯޓުގައި ހާމަކޮށްފައި ނުވިޔަސް އޭރު އެ މަގާމުގައި ހުންނެވީ ފައިސަލެވެ.

މީގެ އިތުރުން އޮޑިޓް ރިޕޯޓްގައި މެލޭޝިއާގެ ސަފީރަކަށް ހުންނެވި ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަނުގެ މައްސަލައެއްވެސް ފާހަގަކޮށްފައިވެއެވެ.

އެގޮތުން ފަހުމީ އާއި އޭނާގެ އަނބިކަނބަލުން ވެސް މެޑިކަލް ޗެކަޕެއް ހެއްދުމަށް 26،360ރ. އެމްބަސީގެ ބަޖެޓުން ޚަރަދު ކޮށްފައިވާ ކަމަށް ރިޕޯޓްގައިވެއެވެ.

ދައުލަތުގެ ހަރަދުގައި އިންޝުއަރެންސް ސްކީމެއްގައި މުވައްޒަފަކު ބައިވެރި ކުރުވުމަށް ފަހު، އޭގެ ބޭރުން އެ މުވައްޒަފެއްގެ ސިއްހީ ކަންކަމަށް ދައުލަތުން ހަރަދު ކުރުމަކީ ވެސް ހަމަޖެހޭ އުސޫލެއް ނޫންކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ފައިސަލް އާއި ފަހުމީ ކުރައްވާފައިވާ އެ ޚަރަދުތަކަކީ އުސޫލާ ޚިލާފަށް ކޮށްފައިވާ ކަންކަން ކަމުގައި ވާތީ އެ ފައިސާ އަނބުރާ ހޯދުމަށް ވެސް އޮޑިޓާ ޖެނެރަލް ވަނީ ލަފާ ދެއްވައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: