ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ މަހު އެކަނިވެސް ކުޑަ ކުދިންނަށް ކުރާ ޖިންސީ އަނިޔާގެ 48 މައްސަަލައެއް!

ކުޑަ ކުދިންގެ ހައްގުތައް ހިމާޔަތް ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކާއި ބެހޭ 48 މައްސަަލައެއް މިދިޔަ މަހު އެކަނިވެސް ހުށަހަޅާފައިވާކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަ އޮތް މިންވަަރާއި އެކަމުގައި ދައުލަތުގެ މުއައްސަސާތަކުގެ އިހުމާލު އޮތް މިންވަރު ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދާދިފަހުން ވަނީ ކޮމިޓީއެއް ވެސް އެކުލަވާލާފައެވެ. ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގެ ތަހުގީގުތައް އަވަސް ކުރުމާއި، މުވައްސަސާތައް ފެއިލްވެފައިވާކަމުގެ އަޑުތައް ގަދަވެގެން ދިޔައީ ޖެނުއަރީ މަހުގެ ކުރީކޮޅު ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާއި އެކުއެވެ.

މި މައްސަލަ ފެންމަތިވުމާއި އެކު އޮތޮޅުތެރޭގެ ރަށްތަކުން ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ ގިނަ މައްސަލަތަކެއް ރިޕޯޓު ކުރެވި ސޯޝަލް މީޑިއާގައި އެކަން އާއްމުވެގެން ދިޔައެވެ. ޖެންޑާރ މިނިސްޓްރީއިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އެ އިދާރާއަށް ހުށަހެޅި މައްސަލައިގެ ތެރެއިން 121 މައްސަލައެއް އެއީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކެވެ. މިިދިޔަ މަހު މިނިސްޓްރީއަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތެކެވެ.

މި މައްސަލަތަކުގެ ތްފްސީލުތައް ހިމެނާ ޖެންޑާރ މިނިސްޓްރީއިން ބުނެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯބާ ކުުރުމުގެ 48 މައްސަލައާއި، އިހުމާލުވުމުގެ 43 މައްސަަލައެއް އަދި ޖިސްމާނީ އަނިޔާގެ 15 މައްސަލައެއް އަދި ނަފްސާނީ ގޯނާގެ 9 މައްސަލައަކާއި ފުރައްސާރަ ކުރުމުގެ 4 މައްސަލައެއް އަދި ގެވެށި އަނިޔާ ކުރާ ތަން ދެއްކުން ނުވަތަ ފެނުމުގެ ދެ މައްސަލައެއް ހިމެނޭ ކަމަށެވެ.

ހައްގުތަކުން ކުޑަކުދިން މަހްރޫމު ކުރުމުގެ 16 މައްސަލައެއް މިދިޔަ މަހު ރިޕޯޓް ކޮށްފައިވެއެވެ. އޭގެ ތެރޭގައި ތައުލީމަށް ހުރަސްއެޅުމުގެ 11 މައްސަކައެއް އަދި ކުއްޖާ ހެދި ބޮޑުވަމުން އައިއިރު ވެކްސިން ނުދިން 3 މައްސަަލައެއްގެ އިތުރުން ކުއްޖާގެ ސިއްހީ ފަރުވާއަށް ހުރަސްއެޅި ދެ މައްސަަލައެއް ހިމެނެއެވެ.

ޖެންޑާރ މިނިސްޓްރީގެ ތަފާސްހިސާބުގައި ކުޑަކުދިން ކުށް ކުރުމާއި ބެހޭ ހަތަރު މައްސަލައެއް ހުށަހެޅިފައި ވެއެވެ. އަދި އެކުދިންގެ އަހުލާގާއި ގުޅުން ހުރި 9 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. އޭގެ ތެރޭގައި ގެއިން ނުކުމެގެން ދިއުމުގެ 3 މައްސަލައެއް އަދި ސްކޫލަށް ދާން ބޭނުން ނުވުމުގެ 3 މައްސަލައެއް ހިމެނެއެވެ.

ޖެންޑާރ މިނިސްޓްރީއިން ބުނެފައިވަނި މިދިޔަ މަހު އާއިލީ 23 މައްސަލައެއް އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށާއި، އާއިލީ މައްސަލަތަކުގެ 23 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަޅާނުލުމުގެ 21 މައްސަލައެއް ވަނީ ހުށަހެޅިފައި ކަމަށެވެ. މީގެ އިތުރުން ދުވަސްވީ މީހުންނަށް އަޅާނުލުމުގެ 9 މައްސަލައެއް ހުށަހަޅާފައިވެއެވެ. އޭގެ އިތުރުން އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ 6 މައްސަަލަ ވަނީ ހުށަަހަޅާފައެވެ.

ކަމާ ގުޅުން ހުރި މުއައްސަސާތަކުގައި ރައްކާކޮށްފައި ހުރި މައުލޫމާތު އާއްމުންނަށް ތިލަކޮށްދިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ރިޕޯޓުގައި ވާ ގޮތުން ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ޖިންސީގޯނާގެ 3،135 ތިން ޙާސް ސަތޭކަ ތިރީސް ފަސް މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ. އެކަމަކު، މީގެ ތެރެއިން ތަހުގީގު ނިމި، ކުރިން އެޓާނީ ޖެނެރަލްގެ އޮފީހަށް، 2008 ގެ ފަހުން ޕީޖީ އޮފީހަށް ފޮނުވީ 1،220 މައްސަލަ އެވެ.

މީގެ ތެރެއިން ކޯޓުތަކާ ހަމައަށް ފޯރާފައި ވަނީ 1،440 މައްސަލަ އެވެ. ބާކީ ހުރި ގިނަ މައްސަލަތަކުގައި އިންސާފު ނުލިބި ފެންނަން އޮތީ މުއައްސަސާތަކުގެ އިހުމާލެވެ.

އިންކުއަރީ ރިޕޯޓް މަޖިލީހުގެ ޖަލްސާއަށް ހުށަހަޅުއްވަމުން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މަތިކޮށްފައިވާ ހުރިހާ މުއައްސަސާތަކެއްގައި ތިބި އެންމެހާ މުވައްޒަފުންގެ ތަމްރީނު މިހާރު ގާނޫނުން ލާޒިމުކޮށްފައިވާ ކަމަށެވެ. އެގޮތުން ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ނިޒާމުގެ ގާބިލުކަން އިތުރު ކުރުމަކީ ގާނޫނުން ލާޒިމް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: