ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ޖަލު ގޮޅީގައި އެ ހުންނަވަނީ ކޭބަލްއާ 36 އިންޗީގެ ޓީވިއަކާއެކުގައި: ހޯމް މިނިސްޓަރ

ކުރީގެ ރައީސް ޔާމީން އަދި ހޯމް މިނިސްތަރ އިމްރާން އަބްދުﷲ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީލޯންޑަރ ކުރި ކަމުގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެމްދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލު ގޮލީޣައި ބައިންދާފައި އެ ހުންނެވީ ކޭބަލްއާ 36 އިންޗީގެ ޓީވީއެއްވެސް ދެއްވާފައި ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. 

ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޔާމީންއާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އޭނާގެ މައްޗަށް ހުކުމް ކޮށް ޖަލަށްލާ އަނިޔާކޮށް އިހާނެތިކޮށް ހެއްދެވި ނަމަވެސް އޭނާ ރައީސް ޔާމީން އަށް އެފަދަ ގޮތެއް ނުހުައްދަވާނެ ކަމަށާއި އެފަދަ ކަމެއް ވިޔަކަ ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ. 

އެގޮތުން މިނިސްޓަރ އިމްރާން ވިދާޅުވީ ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލި ދައުވާ ސސާބިތުވެ އެމަނިކުފާން ޖަލަށްލުމަށް ހުކުމް ކުރުމުން އެންމެ ފުރަތަމަ ވެސް ކުރެއްވި މަސައްކަތަކީ ޖަލުގައި ރައީސް ޔާމީންއަށް ލިބިވަޑައިގަންނަވަން ޖެހޭ ހުރިހައި ހައްގެއް އެންމެ ފުރިހަމަ ލިބެމުންދޭތޯ ކަށްވަރު ކުރުން ކަމަށެވެ. އެގޮތުގެ މަތިން  ރައީސް ޔާމީން ޖަލަށް ގެންދެވުމާއިއެކު ރައީސް ޔާމީން ފެންވަރަން ފެން ލިބޭތޯއާއި  އޮށޯވެވަޑައިގަންނަވަން ލިބިވަޑައިގަންނަވާ ގޮދަނޑިއަކީ އެކަށީގެންވާ ގޮދަނޑިއެއްތޯ ކަށްވަރު ކުރެއްވި ކަމަށާއި އަދި ކަންކަން ފުރިހަމަ ކުރަމުން ގޮސް މިހާރު ރައީސް ޔާމީން ޖަލުގައި  އެ ހުންނަވަނީ ކޭބަލްއާ އެކު 36 އިންޗީގެ ޓީވީއެއް ވެސް ބައިންދާފައިވާ ތަނެއްގައި ކަމަށް އިމްރާން ވިދާޅުވިއެވެ. 

އިމްރާން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ރައީސް ޔާމީނަށް އެނގިވަޑައިގެން އަދި ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން އޭނާ ޖަލަށް ލާފައި ދެ ފޫޓު ހަމަ ނުވާ ސިމެންތި އަށްޓެއްގައި ބެހެއްޓެވި ނަމަވެސް އޭނާ މިއަދު ރައީސް ޔާމީން ބަހައްޓަވާފައި ހުންނެވީ އެ ހާލަތުގައި އެގޮތަށް ނޫން ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރ އިމްރާން ވަނީ އޭނާ އެންމެ ފަހުން މާފުށީ ޖަލަސް ކުރެއްވި ޒިޔާރަތުގައި ރައީސް ޔާމީންއާއިއެކު ބޭއްވި ބައްދަލު ކުރެއްވުމާއި ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އިމްރާން ވިދާޅުވި ގޮތުގައި އެ ބައްދަލު ކުރެއްވުމުގައި ރައީސް ޔާމީން ދެއްކެވި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އެމަނިކުފާންގެ ވެރިކަމުގެ ތެރޭގައި ގޯސްކޮށް ކުރެއްވި ކަންތައްތަކުގެ ވާހަކަ ކަމަށެވެ. އަދި އަދީބް ކަންތައްތައް ކުރައްވަމުން ގެންދެވި ގޮތުން ހުރިހައި ގެއްލުމެއް ލިބޭނީ އެމަނިކުފާނަށް ކަމަށް އަދީބަސް ދެއްނެވި ކަމަށާއި ނަމަެވެސް އަދީބް ކުރައްވަމުން ގެންދެވި އެއްވެސް ކަމެއް ހުއްޓަވާ ލައްވާފައި ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް އިމްރާން ވިދާޅުވިއެވެ. 

އިމަރާން ވިދާޅުވި ގޮތުގައި ރައީސް ޔާމީން ގަބޫލުފުޅު ކުރައްވާ ގޮތުގައި ރައީސް ޔާމީން ޖަލުގައި އޮންނެވުމުގެ ޒިންމާ ނަންގަވަން ޖެހޭނީ މިނިސްޓަރު އިމްރާންއެވެ. ނަމަވެސް މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީން ޖަލުގައި އޮންނަން ޖެހުމުގެ ޒިންމާ އެމަނިކުފާން ނަންގަވަން ޖެހޭ އެއްވެސް ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ. އަދި މިއަދު ކުރީގެ ނައިބް ރައީސް އަދީބު ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ގޯސް ހެއްދެވި ކަމަށް ވިދާޅުވެ ވާހަކަފުޅު ދެއްކެވިއިރު ވެރިކަމުގައި ހުންނަވަނިކޮށް ރައީސް ޔާމީންއާއި ބައްދަލު ކުރައްވާ އަދީބް ގޯސްކޮށް ކަންކަން ކުރައްވާ ވާހަކަ ދެންނެވި ކަމަށާއި ނަމަެވެސް އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނެތްކަން އިމްރާން ފާހަގަ ކުރެއްވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: