ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރިހާ ލޯ ފަރމްތަކާއި، ލީގަލް ޕްރެކްޓިސްތައް، 15 ޖޫންގެ ކުރިން ބާ ކައުންސިލްގައި ރަޖިސްޓްރީ ކުރަން ޖެހިއްޖެ

ބާ ކައުންސިލްގެ މެމްބަރުން މަޖިލީހުގެ ކޮމެޓީއެއްގައި: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޤާނޫނީ ޚިދުމަތް ދިނުމަށްޓަކައި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގަމުންގެންދާ ހުރިހާ ލޯ ފަރމްތަކާއި، ލީގަލް ޕްރެކްޓިސްތައް، 15 ޖޫން 2020 ގެ ކުރިން، ބާ ކައުންސިލުގައި ދަފުތަރު ކުރުމަށް ހުށަހަޅަން ޖެހޭ ގޮތަށް ލޯފަރމް އާއި ލީގަލް ޕްރެކްޓިސް ދަފުތަރުކުރުމާބެހޭ ގަވާއިދެއް ބާ ކައުންސިލުން އެކުލަވާލައި އާންމުކޮށްފިއެވެ. 

ބާ ކައުންސިލުން އެކުލަވާލި މި ގަވާއިދަކީ ފަރުދީގޮތުން މަސައްކަތްކުރަން ބޭނުންވާ ޤާނޫނީ ވަކީލުންނަށާއި، ޤާނޫނީ ވަކީލުން ގުޅިގެން ދިވެހިރާއްޖޭގައި ޤާނޫނީ ޚިދުމަތް ދިނުމުގެ މަސައްކަތްކުރާ ފަރާތްތައް ދިވެހިރާއްޖޭގެ ބާ ކައުންސިލުގައި ދަފުތަރުކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށްޓަކައި، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި ޤާނޫނީ ޚިދުމަތް ދިނުމަށްޓަކައި އުފައްދާ ކޮންމެ ޕާޓްނަރޝިޕެއް، ބާ ކައުންސިލުގައި ދަފުތަރު ކުރުމަށް ހުށަހަޅާއިރު، އެއިން ކޮންމެ ޕާޓްނަރޝިޕެއްގައި ހިމެނޭ ޕާޓްނަރުންގެ މަޢުލޫމާތު އެނގޭނެ ކޯޕަރޭޓް ޕްރޮފައިލެއް، ބާ ކައުންސިލަށް ހުށަހަޅަންވާނެއެވެ.

ބާ ކައުންސިލުން އެކުލަވާލި ގަވާއިދުގައި ބުނެފައިވާ ގޮތުގައި  ޤާނޫނީ ވަކީލުންގެ ތެރެއިން ދެ މީހަކު، ނުވަތަ އެއަށްވުރެ ގިނަ ބަޔަކު ގުޅިގެން ޤާނޫނީ ޚިދުމަތް ދޭން އެދޭނަމަ، އެފަދަ ޚިދުމަތްތައް ދޭންވާނީ އެ ޤާނޫނީ ވަކީލުން އުފައްދާ ޕާޓްނަރޝިޕަކުންނެވެ. އަދި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޕާޓްނަރޝިޕްތަކުގެ %80 (އަށްޑިހަ އިންސައްތަ) ހިއްސާ މިލްކުވާންވާނީ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލުންނަށް ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ. 

ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ދަފުތަރު ކުރުމަށް ހުށަހަޅާ ލޯ ފަރމްތަކުގެ ޝަރުޠުތައް ފުރިހަމަވާނަމަ، ދަ ފުތަރުކުރުމަށް ހުށަހަޅާ ތާރީޚުން ފެށިގެން ތިން ދުވަހުގެ ތެރޭގައި، ޤާނޫނީ ޚިދުމަތް ދިނުމަށް ހުއްދަ ލިބިފައިވާ ލޯ ފަރމްތަކުގެ ދަފުތަރުގައި، އެ ލޯ ފަރމް ހިމަނައި އެ ފޯމް ހުށަހެޅި ފަރާތަކަށް އެކަން އަންގަންވާނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ. އަދި އެ ފަރާތެއްގެ ޝަރުޠު ފުރިހަމަ ނުވާނަމަ، ސަބަބު ބަޔާންކޮށް އެކަންވެސް ތިން ދުވަހުގެ ތެރޭގައި އެ ފަރާތަކަށް އަންގަން ޖެހޭނެއެވެ. 

ބާ ކައުންސިލުން އެކުލަވާލި ގަވާއިދުގައި ބުނެފައިވާ ގޮތުގައި  ޤާނޫނީ ވަކީލަކު މަސައްކަތްކުރަން އެދެނީ ފަރުދީގޮތުން ކަމަށް ވާނަމަ، އެ ފަރާތަކުން އެކަން ކުރަންވާނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ގެ ދަށުން އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީކޮށްގެންނެވެ.

މީގެއިތުރުން ބާ ކައުންސިލުން އެކުލަވާލި ގަވާއިދުގައި ބުނެފައިވާ ގޮތުގައި  ދިވެހިރާއްޖޭގައި ޤާނޫނީ ޚިދުމަތް ދިނުމުގެ ހުއްދަ ލިބިފައިވާ ލީގަލް ޕްރެކްޓިސްތަކުގެ ދަފުތަރުގައި ހިމަނައިދިނުމަށް އެދި ހުށަހަޅާ ލީގަލް ޕްރެކްޓިސްއަކީ  އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ގެ ދަށުން ދިވެހިރާއްޖޭގައި ޤާނޫނީ ޚިދުމަތް ދިނުމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ އަމިއްލަ ވިޔަފާރިއަކަށްވާނަމަ، އެ ލީގަލް ޕްރެކްޓިސް، ބާ ކައުންސިލުގައި ދަފުތަރު ކޮށްދޭން ވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: