ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫއިން ޙައްޖު މޫސުމުގައި ސައުދީ އަރަބިއްޔާއަށް ގުޅޭ ޚާއްސަ ރޭޓުތަކެއް ތައާރަފުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޙައްޖު މޫސުމުގައި ސައުދީ އަރަބިއްޔާއަށް ގުޅާ ކަސްޓަމަރުންނަށް ޚާއްސަ އައިޑީޑީ (IDD) ރޭޓުތަކެއް އުރީދޫ މޯލްޑިވްސްއިން އިއުލާނުކޮށްފިއެވެ.

މި ޚިދުމަތުގެ ސަބަބުން މި މާތް އަޅުކަމުގައި އުޅޭ ފަރާތްތަކާއި އާއިލާތަކަށް ގުޅުން ބަދަހިކޮށް ދެމެހެއްޓުމަށް ފަސޭހަވެގެންދާނެއެވެ.

މި އާ ޕެކޭޖުތަކާއެކު، ސައުދީ އަރަބިއްޔާއަށް ގުޅުމަށް ހަތަރު ހަފްތާގެ މުއްދަތަށް 150 މިނެޓާ ހަމައަށް ވާހަކަ ދެއްކޭނެ ޕެކޭޖުތައް ކަސްޓަމަރުންނަށް ޚިޔާރުކުރެވޭނެއެވެ. މި ޕެކޭޖުތައް ފަރުމާކޮށްފައިވަނީ ޙައްޖުގެ އަޅުކަމުގައި އުޅޭ އާއިލާތަކާއި ރައްޓެހިންނާ ގުޅުން ބަދަހިކޮށް، އަގުހެޔޮކޮށް ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށެވެ.

ލިބެން ހުރި ޕެކޭޖުތަކަކީ:

  • 100 ރުފިޔާއަށް 30 މިނެޓު
  • 250 ރުފިޔާއަށް 75 މިނެޓު
  • 500 ރުފިޔާއަށް 150 މިނެޓު

މި ހުރިހާ ޕެކޭޖެއްގެ މުއްދަތަކީ 4 ހަފްތާއެވެ. އަދި އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު މި ޕެކޭޖުތައް އެކްޓިވޭޓު ކުރެވޭނެއެވެ.

މި ޚިދުމަތް ތައާރަފުކުރުމާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވީ:

“ޙައްޖުގެ މަތިވެރި އަޅުކަމުގައި ކޮންމެ އަހަރަކުވެސް ރާއްޖެއިން ގިނަ ބަޔަކު ބައިވެރިވޭ. މި ދަތުރުގައި އާއިލާތަކާއި ގުޅިފައި ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އުރީދޫއިން ތައާރަފުކުރި ޚާއްސަ އައިޑީޑީ އޮފާތަކުގެ ޒަރީއާއިން، އަޅުގަނޑުމެންގެ އަމާޒަކީ މުއާސަލާތީ ޚިދުމަތްތައް ފަސޭހަކަމާއެކު އަގުހެޔޮކޮށް ފޯރުކޮށްދީ، އެންމެ މުހިންމު ދަތުރުގައިވެސް ކަސްޓަމަރުންނަށް އެބޭފުޅުންގެ އާއިލާއާއި ރައްޓެހިންނާއި ރައްކާތެރިކަމާއެކު ގުޅުމަށް އެހީތެރިވެދިނުމެވެ.”

ރާއްޖޭގެ މުޖުތަމައުތަކުގެ ޑިޖިޓަލް ޕާޓްނަރުގެ ހައިސިއްޔަތުން، އުރީދޫއިން ދަނީ ކަސްޓަމަރުންގެ ދިރިއުޅުން މުއްސަނދިކޮށްދޭ އަދި ފަސޭހަކަމާއެކު ގުޅުން ބަދަހިކޮށްދޭ ޚިދުމަތްތައް ތައާރަފުކުރަމުންނެވެ.

ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް ސީދާ މި ޕެކޭޖުތައް އެކްޓިވޭޓުކޮށް، ޙައްޖު މޫސުމުގެ ދުވަސްތަކުގައި ސައުދީ އަރަބިއްޔާގައި ތިބި އާއިލާތަކާއި ރައްޓެހިންނަށް މެދުކެނޑުމެއްނެތި ގުޅޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: