ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނަށް ބަދަލު ގެނެސްގެން ވިޔަސް ކައުންސިލް އިންތިހާބު އެއް އަހަރަށް ފަސްކުރަން ޖެހޭ: މަވޯޓާ ޝަރީފް

ނަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު އެއް އަހަރަށް ފަސް ކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ. 

ކޮރޯނާ ވައިރަސްއަށް ޕްޒިޓިވް 10 ކޭސް ރާއްޖެއިން ފެނިފައިވާއިރު މިހާރު ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު30 ދުވަހުގެ މުއްދަތަށް އިއުލާންކޮށްފައެވެ. އެކަމާއި ގުޅިގެން ކައުންސިލް އިންތިހާބުގެ ވޯޓުލުން އަންނަ އެޕްރީލް މަހުގެ18 ވަނަ ދުވަހު ބޭއްވުމަށް އީސީން ވަނީ ނިންމާފައެވެ. ނަމަވެސް އީސީގެ ނިންމުން ބަދަލު ކުުރުމަށް ގައުމީ ލަފާދޭ ކޮމެޓީން އެދިފައިވާތީ މިއަދު ބާއްވާ ކޮމިޝަންގެ ބައްދަލުވުމުގައި އިންތިހާބާއި މެދު އިތުރަށް ކުރިއަށްދާނެ ގޮތެއް ނިންމާ އިއުލާން ކުރާނެ ކަމަށް އީސީގެ ނައިބް ރައީސް އަހުމަދު އަކްރަމް ވަނީ ވިދާޅުވެފައެވެ. 

އިންތިހާބާއި މެދު މިއަދު އީސީން ގޮތެއް ނިންމަން ހަމަޖެހިފައިވާއިރު މަވޯޓާ ޝަރީފް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ  އިންތިހާބު އެއް އަހަރަށް ފަސްކޮށް، މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު އެއް އަހަރަށް އިތުރުކުރެވޭނެ ގޮތަށް ގާނޫނަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ. އަދި މިވަގުތު އާންމުންގެ ސިއްހަތަށް ވުރެ މުހިއްމު ކަމެއް ނެތް ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ. 

އިންތިހާބުގެ ވޯޓުލުން ފަސްކުރިނަމަވެސް އިންތިހާބަށް ވަމުންދާ ތައްޔާރީތައް ހުއްޓާނުލައި ކުރިއަށްދާ ކަމަށާއި އަދި އިންތިހާބަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން މިހާރު ހަމައެކަނި ނުވެ ހުރީ ވޯޓް ކަރުދާސް ޗާޕް ކުރުން އެކަނި ކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: