ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނަށް ފުރައްސާރަ ކުރި ރުސްތުމް ކޯޓު އަމުރެއްގެ ދަށުން އަނެއްކާވެސް ހައްޔަރު ކޮށްފި

ދީނަށް ފުރައްސާރަ ކުރި ރުސްތުމް ގެއަށް، އަނެއްކާވެސް ދީނާއި ދެކޮޅަށް ޓްވީޓާގައި އަޑުއުފުލަނީ!
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމްދީނާއި، ކީރިތި ރަސޫލާއަށް ފާޅުގައި ނިކުމެ ތިމަންނާއަކީ މުސްލިމެއް ނޫންކަމަށް ބުނެ ފުރައްސާރަކުރާތީ މިދިޔަ އަހަރު ގދ.ތިނަދޫ އިން ހައްޔަރުކުރި މީހާ ގެއަށް ބަދަލު ކުރުމަށް ފަހު އަނެއްކާވެސް ހައްޔަރު ކޮށްފިއެވެ. 

ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު ވިދާޅުވީ އިސްލާމްދީނަށް ތައުހީން ކުރުމުގެ ނިޔަތުގައި، އިސްލާމްދީނަށް ފާޑުކިޔައި، ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކޮށް މުޖުތަމައުގައި ސުލްހަމަސަލަސްކަން ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކޯޓުއަމުރެއްގެ ދަށުން 37 އަހަރުގެ ފިރިހެނަކު މާލެއިން ހައްޔަރު ކޮށްފައިވާ ކަމަށެވެ. 

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު ހައްޔަރު ކުރި މީހާއަކީ މިދިޔަ އަހަރު ތިނަދޫއިން ވެސް ދީނަށް ފުރައްސާރަކޮށްގެން ހައްޔަރު ކުރި މީހާ ކަމަށް އިޒްމިއާ ވިދާޅުވިއެވެ. 

މުހައްމަދު ރުސްތުމް މުޖްތަބާ ނަމަކަށް ކިޔާ އެ މީހާ ހައްޔަރުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރު ކުރުމަށްފަހު، މާބޮޑު ތަފްސީލެއް ފުލުހުން ވެސް ދީފައި ނުވެއެވެ. އެހެން ނަމަވެސް އެ މީހާގެ ސައިކޮލޮޖިކަލް އެސެސްމެންޓެއް ހެދުމަށާއި އިސްލާމިކް މިނިސްޓްރީގެ ކައުންސެލިން ސެޝަންތަކަށް ގެންދިއުމަށް ނިންމާފައިވާކަމަށް އޭރު މައުލޫމާތު ދިނެވެ. އަދި އޭނާގެ ނަފްސާނީ ޓެސްޓުތަކެއް ހެދިއެވެ. އޭގެ ނަތީޖާތަކުގެ މައުލޫމާތުތަކެއް ވެސް މީޑިއާތަކާއި ހިއްސާކޮށްފައި ނުވެއެވެ.

ރުސްތުމްއަކަށް ހުކުމެއް އިއްވާފައި ނެތެވެ. ދެ ފަހަރެއްގެ މަތީން އޭނާގެ ބަންދަށް 15 ދުވަސް ވެސް އިތުރު ކުރިއެވެ. އެއަށްފަހު ވީނުވީއެއް ނޭނގެއެވެ.

މީގެކުރިން ރުސްތުމް ހައްޔަރު ކުރީ ފާޅުގައި ނިކުމެ، އިސްލާމް ދީނާއި ދެކޮޅަށް އަޑުއުފުލަން ފެށުމުންނެވެ. ތިނަދޫގައި ހުރެ ތިނަދޫގެ ޒުވާނުންނަށް ތަފާތު އެކި ވާހަކަތައް ކިޔައިދޭން އޭނާ މަސައްކަތްކޮށްފައިވެއެވެ. ހައްޔަރު ކުުރުމުގެ ކުރިން ރުސްތުމްކޮށްފައިވާ ޓްވީޓެއްގައި ވަނީ ކުރިއަށް އޮތް ތަނުގައި ލާދިނީ ބޮޑު ޖަލްސާތައް ވެސް ބާއްވާނެ ކަމަށް ބުނެފައެވެ. އަދި އިސްލާން ދީނަކީ ލޭއޮހޮރުވައިގެން ފަތުރާފައިވާ ލާއިންސާނީ ދީނެއްކަމަށް ބުނެ ދީނަށް ފުރައްސާރަ ކުރިއެވެ.

ގޭ ބަންދަށް ބަދަލު ކުރުމާއި އެކު، އަނެއްކާވެސް ރުސްތުމްގެ ޓްވީޓާ ވަނީ އެކްޓިވް ވެފައެވެ. އެންމެ ފުރަތަމަ ވެސް ޓްވީޓެއްކޮށް ބުނެފައިވަނީ ”އޭނާ ކިތަންމެ ފަހަރަކުވެސް ބަންދު ކުރެވިދާނެ ކަމަށާއި އެހެން ނަމަވެސް އޭނާގެ އެ މިނިވަން ސިކުނޑި ބަޔަކަށް ދެން ދުވަހަކުވެސް ބަންދެއް ނުކުރެވޭނެ.“ ކަމަށެވެ. އެއަށްފަހު އިތުރު ޓްވީޓެއްކޮށް ބުނެފައިވަނީ ހައްގުތައް ނުދޭން ދެއްކޭނޭ އެއްވެސް އުޒުރެއް ނޯންނާނެ ކަމަށެވެ. އަދި އޭނާ ވަނީ ދިވެހިންނަށް ދީނީ މިނިވަންކަން ދޭންޖެހޭނެ ކަމަށް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: